ads
މިއަދު ފުރި މީހުން އެއާޕޯޓުގައި--ފޮޓޯ: މޯލްޑިވިއަން
އިތުރު 200 ބަންގްލަދޭޝް މީހަކު ގައުމަށް ފޮނުވާލައިފި
ރާއްޖޭގައި އުޅެމުން އައި ބަންގްލަދޭޝް މީހުންގެ ތެެރެއިން އިތުރު 200 މީހަކު އަނބުރާ ގައުމަށް ފޮނުވާލާފައިވާ ކަމަށް މޯލްޑިވިއަނުން ބުނެފި އެވެ.

މޯލްޑިވިއަނުން މިއަދު ކުރި ޓްވީޓެއްގައި ބުނީ 200 ބަންގްލަދޭޝް މީހުން ގޮވައިގެން އެގައުމުގެ ވެރި ރަށް، ޑާކާއަށް މޯލްޑިވިއަންގެ ފްލައިޓެއް ގޮސްފައިވާ ކަމަށެވެ. މިއީ މޯލްޑިވިއަނުން ބަންގްލަދޭޝް މީހުން ގޮވައިގެން ކުރާ 31 ވަނަ ދަތުރެވެ. 

އެއާއެކު މޯލްޑިވިއަނުން ޖުމްލަ 5933 ބަންގްލަދޭޝް މީހަކު މިވަނީ ގައުމަށް ގެންގޮސްފަ އެވެ. 

ރާއްޖޭގައި އުޅެމުންދާ ބަންގްލަދޭޝް ރައްޔިތުން އަނބުރާ ފޮނުވާލުމުގެ މަސައްކަތަކީ ރާއްޖޭގައި ސައްހަ ލިޔެކިޔުން ނެތް  ބަންގްލަދޭޝް މީހުންނާއި އެނބުރި ގައުމަށް ދާން ބޭނުން މީހުން ފުރުވާލުމަށް ސަރުކާރާއި މޯލްޑިވިއަން ގުޅިގެން ކުރިއަށް ގެންދާ އޮޕަރޭޝަނުގެ ދަށުން ކުރާ ކަމެކެވެ. 

ރާއްޖޭގައި ގަވާއިދާ ހިލާފަށް 80000 އާ ގާތް ކުރާ އަދަދަކަށް ބަންގްލަދޭޝް މީހުން އުޅޭ ކަމަށް ކަމާއި ބެހޭ އިދާރާތަކުން އަންދާޒާކުރެ އެވެ. 

ކޮވިޑާއި ގުޅިގެން ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީ މަސައްކަތްތެރިންނަށް މުސާރަ ނުދޭ މައްސަލަ ވެސް ބޮޑުވެފައިވާއިރު އެމީހުން އަންނަނީ އަމިއްލައަށް އަނބުރާ ގައުމަށް ދިއުމަށް އެދެމުންނެވެ. ވަރަށް ފަހުން އެކަމަށް އެދި މާލޭގައި ހުންނަ ބަންގްލަދޭޝް ހައި ކޮމިޝަން ކުރިމަތީގައި ވެސް މުޒާހަރާކޮށްފައިވެ އެވެ. 

އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވަރަށް ފަހުން ވިދާޅުވިގޮތުގައި މިއަހަރުތެރޭގައި 20000 ބިދޭސީން ރާއްޖެއިން ފޮނުވާލެވޭނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް