ads
ވިކީ އާއި މަނުޝީ--
ވިކީއާއެކު ރީތީގެ ރާނީ މަނުޝީ ފިލްމެއް ކުޅެނީ!
މިސް ވޯލްޑް، 2017 ވަނަ އަހަރު ކާމިޔާބު ކުރި، މަނުޝީ ޗިއްލާއަށް އެލަގަބު ލިބުން ފަހުން އޭނާއަށް އަންނަނީ ގިނަ ފުރުސަތުތަކެއް ލިބެމުންނެވެ. އެގޮތުން ބޮލީވުޑުގެ ތަރި އަކްޝޭ ކުމާރާއެކު އޭނާގެ ކުރިއަށް އޮތް ފިލްމުގައި މަސައްކަތް ކުރަމުން އަންނަ މަނުޝީއަށް މިވަނީ ޔަޝް ރާޖް ފިލްމްސްގެ ކުރިއަށް އޮތް ފިލްމުގައި މަސައްކަތް ކުރަން ލިބިފަ އެވެ.

އިންޑިއާގެ ނޫސްތަކުން ރިޕޯޓްކުރާ ގޮތުގައި އޭނާއަށް ލިބިފައި ވަނީ ވިކީ ކައުޝަލްއާއެކު މަސައްކަތް ކުރުމަށެވެ.

ރިޕޯޓުތައް ބުނާ ގޮތުަގއި އެ ފުރުސަތު މަނުޝީއަށް ލިބުނީ އޭނާ ދައްކުވައިދިން ކުޅަދާނަ އެކްޓިންގެ ސަބަބުންނެވެ. އެގޮތުން އެ ދެ ތަރިން ފެނިގެންދާ ފިލްމަކީ ކޮމެޑީ ފިލްމެއް ކަމަށް ވެސް ބުނެ އެވެ. މިއީ ބޮލީވުޑުގެ ޒުވާން ތަރި، ވިކީ ވެސް ކޮމެޑީ ފިލްމެއްގައި މަސައްކަތް ކުރާ ފުރަތަމަ ފަހަރެވެ. 

އުމުރުން 31 އަހަރުގެ ވިކީ ވިދާލީ މިދިޔަ އަހަރު ނެރުނު ފިލްމު "ރާޒީ"ގައި މަސައްކަތް ކުރި ފަހުންނެވެ. އޭގެ ފަހުން ބޮލީވުޑުން ގިނަ ފުރުސަތުތަކެއް އޭނާއަށް ލިބެމުން އަންނައިރު "ސަންޖޫ" އާއި "ޔޫރީ: ދަ ސާޖިކަލް ސްޓްރައިކް"ގައި ވެސް އޭނާ މަސައްކަތްކޮށްފައިވެ އެވެ. 

ވިކީ އެންމެ ފަހުން ފެނިގެންދިޔައީ "ބޫތު" އިންނެވެ. އެފިލްމަކީ ވިކީ ކުޅުނު ފުރަތަމަ ފިލްމު ވެސް މެއެވެ. ނަމަވެސް އެހާ ބޮޑު ތަރުހީބެއް ފިލްމަށް ލިބިފައެއް ނުވެއެވެ.

އުމުރުން 23 އަހަރުގެ މަނުޝީ ވަނީ ކުރިން ވެސް ފިލްމީ ދާއިރާގައި މަސައްކަތް ކުރަން ޝައުގުވެރިކަން ފާޅުކޮށްފަ އެވެ. އެގޮތުން އޭނާ ބޮލީވުޑަށް ނެރޭނީ ޑައިރެކްޓަރު ފަރާހް ހާނު ކަމަށް ވެސް އަޑުތައް އެރި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް