އިއްޔެ ބީއެމްއެލްގެ ބައެއް ކަސްޓަމަރުން ވަނީ އެކައުންޓުން ދެފަހަރަށް ފައިސާ ކެނޑެމުންދާ މައްސަލަ ސޯޝަލް މީޑިއާ މެދުވެރިކޮށް ބޭންކުގެ ސަމާލުކަމަށް ގެނެސް، ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
އެކަމާއި ގުޅިގެން ބޭންކުން ވަނީ ޑެބިޓް ކާޑުން ބޭންކުގެ ބައެއް ކަސްޓަމަރުން ހަދާފައިވާ ޓްރާންސެކްޝަން އެކައުންޓުން ދެފަހަރަށް ފައިސާ ކެނޑިފައިވާކަން ބޭންކަށް ވެސް ފާހަގަކުރެވިފައިވާ ކަމަށާއި އެގޮތަށް ދިމާވި ސަބަބު ވެސް ހޯދިފައިވާ ކަމަށް ބުނެފަ އެވެ.
ބީއެމްއެލުން މިއަދު ކުރި ޓްވީޓެއްގައި ބުނީ، މިހާރު އިތުރަށް ކެނޑުނު ފައިސާ ވެސް އެކައުންޓަށް ޖަމާކޮށްދީފައިވާ ކަމަށެވެ. އަދި ދިމާވި އެ މައްސަލައާ ގުޅިގެން ވެސް ކަސްޓަމަރުންގެ ފަރާތުން ފެނުނު ކެތްތެރިކަަމަށް ވެސް އެ ބޭންކުން ޝުކުރު އަދާކުރެ އެވެ.