ads
ކަނޑޫދޫ މިރުސް--
"ރަންފަދަ ކަނޑޫދޫ މިރުސް" ސްވެޑެންގެ މާކް ވިލްކޮޒްގެ ދަނޑަށް
ރާއްޖޭގައި އެންމެ ޑިމާންޑް ބޮޑު ކަނޑޫދޫ މިރުސް ސްވިޑަންއަށް ނިސްބަތްވާ މާކް ވިލްކޮޒްގެ ދަނޑުގައި ހައްދަން ފަށައިފި އެވެ.
Advertisement

ދަނޑުވެރިކަަމަށް ބަރޯސާވެފައި އޮންނަ ތ. ކަނޑޫދޫ ހާއްސަ ވަނީ މިރުހަށެވެ. ތަފާތު އެކި ބާވަތްތައް އެރަށުގެ ދަނޑުތަކުގައި ހެއްދި ނަމަވެސް އެރަށުގެ މިރުހަށް އަބަދުވެސް ޑިމާންޑު ބޮޑެވެ. އެ މިރުހުގެ ރަހަ ރަނގަޅުވެފައި ދިވެހިން ފަދަ ކުޅި ތަކެއްޗަށް ލޯބިކުރާ ބަޔަކަށް އެވަރެއް ނެތެވެ. ކޮންމެ އަހަރެއްގެ ރޯދަމަހާއި ދިމާކޮށް މާރުކޭޓް ގޮޅިތައް ކަނޑޫދޫ މިރުހުން ފުރާނުލާ އަހަރެއް ނާދެއެވެ. އަދި ދިވެހިންގެ ސުފުރާމަތީ ހުންނަ ކާއެއްޗެހިން ކަނޑޫދޫ މިރުހުގެ ރަހައިން ފަޅުނުފިލައިފިނަމަ ދިވެހިންނަކަށް ކަމަކުވެސް ނުދެއެވެ.

މި މިރުހުގެ ޑިމާންޑު ބޮޑުވެގެންދާ އެއް ސަބަބަކީ މި މިރުހަކީ ހަމައެކަނި ކަނޑޫދޫއިން ލިބެން ހުރި މިރުހަކަށް ވުމެވެ. އެހެންނަމަވެސް ކަނޑޫދޫ މިރުސް މިހާރު ހަމައެކަނި ހާއްސަ ވަނީ ތ. ކަނޑޫދޫއަކަށް ނޫނެވެ.  

މިފަހަރު އެ މިރުސް މި ވަނީ ސްވެޑެންގެ މާކް ވިލްކޮޒްގެ ދަނޑަށް ވެސް ގޮސްފަ އެވެ. މާކް ވިލްކޮޒް އަކީ ތަފާތު ވައްތަރުގެ މިރުސް އޭނާގެ ދަނޑުގައި އިންދާ އޭގެ ވިޔަފާރީ ކުރާ ސްވެޑެންގެ ރައްޔިތެކެވެ. 

"ސޯނިޔާސް ޗިލީ" ގެ ނަމުގައި ކަނޑޫދޫ މިރުހުގެ 14 ވަރަކަށް ގަސް މިހާރު މާކުގެ ދަނޑުގައި ހައްދާފައިވާއިރު މި މިރުސް ގަންނަން އެ ގައުމުގެ މީހުން ވެސް އޯޑަރު ދޭކަމަށް ވެއެވެ. އަދި މި މިރުހަށް އޮންނަ ޑިމާޑް ބޮޑުވުމާއިއެކު މާކު މިހާރު ނިންމާފައިވަނީ ކަނޑޫދޫ މިރުހުން ސޯސް ވެސް ހަދާށެވެ.

ސޯނިޔާ ބުނީ ކަނޑޫދޫ މިރުހުގެ ވަހާއި ރަހަ ތަފާތުވެގެން އޭގެ އޮށް މާކް އިންދީކަމަށެވެ. މުޅި ފިނި މޫސުމުގައި ވެސް އެ ގަސްތަކަށް ގެއްލުންނުވެ ސަލާމަތްވުމުގެ ސަބަބުން އެކަން އެންމެންނަށްވެސްވީ ވަރަށް އަޖައިބްކުރުވަނިވި ކަމަކަށް ކަމަށް ސޯނިޔާ ބުންޏެވެ.

ކަނޑޫދޫ މިރުސް ހާއްސަވަނީ އެ މިރުހުގައި ހުންނަ އާދަޔާ ހިލާފް މީރު ކުޅިކަމެއްގެ ސަބަބުންނެވެ. 

މުޅި ރާއްޖެއަށް ވެސް މަޝްހޫރު ތ. ކަނޑޫދޫގެ މިރުހަކީ ރަން ކަމުގައި ދެކެވޭ ވާހަކަތަކުގެ ތެދުކަން ސްވެޑެންގް މާކް ވިލްކޮޒްގެ ދަނޑުން އިތުރަށް ޔަގީން ކޮށްދީފިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް