މި މަހާނަ ގާތައް ފެނިފައިވަނީ އިއްޒުއްދީނު މަގުގައި ހުރި ގޯއްޗެއް ކޮންނަނިކޮށެވެ.
ފެނުނު ދެ މަހާނަގާ ގޭގެ ވެރިފަރާތުން މިއަދު ގައުމީ ދާރުލްއާސާރު އަށް ހަދިޔާކޮށްފައި ކަމަށް ހެރިޓޭޖް މިނިސްޓްރީން ބުނެއެވެ.
ގައުމީ ދާރުލްއާސާރުގެ ގެ ފަރާތުން މި ދެ ގަލާ ހަވާލުވީ ކަލްޗަރަލް ހެރިޓޭޖް މެނޭޖަރު އަހުމަދު ހާޝިމާއި މައިސަމް މޫސާ އެވެ.
ދާރުލް އާސާރަށް ހަދިޔާކޮށްފައިވާ މި ދެ މަހާނަ ގަލުގައި ވަރަށް ރީތި އާސާރީ ކުރެހުންތައް ކަނޑާނަގާފައިވާއިރު ގަލަށް ބަލާލުމުން މިއީ ކުރީގެ އާސާރީ ގަަލެއް ކަން ފާހަގަވެ އެވެ. މިގަލަށް ގިނައަހަރުތަކެއް ވެދާނެކަމަށް ލަފާކުރެވެއެވެ. އެހެންނަމަވެސް ގަލަށް ބޮޑެތި ގެއްލުންތަކެއް ލިބިފައެއް ނުވެ އެވެ.