ads
ބީޓީއެސް
ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ބީޓީއެސްގެ "ޑައިނަމައިޓް" އަށް ބޮޑު ތަރުހީބު
ޒުވާނުންގެ މެދުގައި މަގްބޫލު ކޭ-ޕޮޕް ބޭންޑް "ބީޓީއެސް" ގެ އެންމެ ފަހުގެ ލަވަ، "ޑައިނަމައިޓް" އަށް ބޮޑު ތަރުހީބެއް ލިބިއްޖެ އެވެ.

މިމަހު އާލަވައެއް ނެރޭނެކަން އިއުލާންކުރުމާއެކު އެތައް ބަޔަކު ތިބީ ލަވަ ނެރޭނެ އިރެއްގެ އިންތިޒާރުގަ އެވެ. އޭރުއްސުރެ އެ ބޭންޑުން އައީ ސޯޝަލް މީޑިއާގެ އެކި ވަސީލަތްތައް ބޭނުންކޮށްގެން އިޝްތިހާރުކުރަމުންނެވެ.

އިއްޔެ ނެރުނު އެ ލަވައަށް އެންމެ އަށް ގަޑިއިރުގެ ތެރޭގައި 45 މިލިއަން ވިއުސް ލިބިފައިވާއިރު މިހާ އަވަހަށް މި ލަވަ މިވަނީ ހިޓުވެފަ އެވެ. 

މިއީ ބީޓީއެސް އިން ނެރުނު ފުރަތަމަ އިނގިރޭސި ލަވަ ވެސް މެ އެވެ. ލަވައަށް އާންމުންގެ މެދުގައި ބޮޑު ތަރުހީބެއް ލިބެމުންދާއިރު އެ ލަވަ ގިނަ ބަޔަކަށް ވަނީ ކަމުގޮސްފަ އެވެ. 

ދިވެހި އަންހެން ކުދިންގެ މެދުގައި ވެސް ވަރަށް ބޮޑު މަގްބޫލުކަމެއް ހޯދާފައިވާ ބީޓީއެސްއަކީ ސައުތުކޮރެއާގެ ހަތް ފިރިހެން ކުއްޖެއްގެ މައްޗަށް އެކުލެވިގެންވާ ގްރޫޕެކެވެ. 2013 ވަނަ އަހަރު އެ ގްރޫޕް އުފެދިގެން އައިއިރު އޭރުއްސުރެ ގިނަ ބައެއްގެ މެދުގައި މަގްބޫލުކަން އައީ ހޯދަމުންނެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް