 
                                                                                                
                    ޖަރުމަނުގައި ކުޅުނު މުބާރާތުގެ ފައިނަލް މެޗުގައި ރޭ ފުރަތަމަ ކުރި ހޯދީ އިންޓަމިލާނުންނެވެ. މެޗުގެ އެންމެ ކުރީކޮޅު ލިބުނު ޕެނަލްޓީއަކުން އިންޓަމިލާނަށް ކުރި ހޯދައި ދިނީ ރޮމެލޫ ލުކާކޫ އެވެ. އެހެން ނަމަވެސް އޭގެ އިރުކޮޅެއް ފަހުން ލޫކް ޑި ޔޮން ވަނީ ސެވިއްޔާއަށް އެއްވަރުކޮށްދީ، އަދި ފުރަތަމަ ހާފު ނިމުމުގެ ކުރިން ކުރިވެސް ހޯދައިދީފަ އެވެ. އެހެންނަމަވެސް އަނެއްކާވެސް އިންޓާއިން އެއްވަރު ކުރި އެވެ.
ސެވިއްޔާއަށް ދެވަނަ ފަހަރަށް ލީޑު ލިބި، މުބާރާތުގެ ޗެމްޕިއަންކަން ކަށަވަރުވީ ދެވަނަ ހާފުގެ ތެރޭގައި ލުކާކޫ އަތުން ބައިކޮޅަށް ވަތް ގޯލަކުންނެވެ.
އިންޓަމިލާނުގެ މައްޗަށް ކުރި ހޯދައި ސެވިއްޔާއިން ޔޫރޮޕާ ލީގު ކާމިޔާބު ކުރުމާއި އެކު އެ ޓީމަށް މި މުބާރާތް ހަވަނަ ފަހަރަށް ހޯދުނީ އެވެ. އެއީ ރިކޯޑެކެވެ.