ކޮވިޑް-19 އާ ގުޅިގެން އެޅި ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު އަނބުރާ މެލޭޝިއާއަށް ނުދެވި ތިބި 50 ދިވެހި ދަރިވަރަކު މޯލްޑިވިއަންގެ ބޯޓެއް ޗާޓަރުކޮށްގެން އޭސް ޓްރެވަލްސްގެ ފަރާތުން އިއްޔެ ހެނދުނު 9:00 ގައި ވަނީ މެލޭޝިޔާއަށް ފޮނުވައިދީފަ އެވެ.
ދަތުރަށްފަހު ފިރާގު، މޯލްޑިވިއަން އާއި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު، ޓެގްކޮށް ކުރި ޓްވީޓެއްގައި ވިދާޅުވީ މޯލްޑިވިއަނުން 50 ދަރިވަރުން ގޮވައިގެން ކުރި ޗާޓަރު ފްލައިޓްގެ ކާގޯގެ ލާރި އައިލެންޑް އޭވިއޭޝަންއިން ވަގަށް ކާލާފައިވާ ކަމަށެވެ.
ދަތުރުގެ ކާގޯ ފައިސާ މޯލްޑިވިއަން އިން އޭނާއަށް ދީފައިނުވާ ކަމަށް ބުނެފައިވަނިކޮށް ރޭ ވަނީ މޯލްޑިވިއަންއިން ފިރާގްގެ އެ ތުހުމަތުތައް ދޮގުކޮށްފަ އެވެ.
އެކަމާއި ގުޅިގެން މޯލްޑިވިއަންއިން ރޭ ކުރި ޓްވީޓެއްގައި ބުނީ މެލޭޝިޔާގެ ކުއާލަމްޕޫރަށް އެ ކުންފުނީގެ ބޯޓެއް ޗާޓަރު ކޮށްގެން ދަތުރުކޮށްފައިވަނީ ޗާޓަރު ކުރި ކުންފުންޏާ ދެމެދުވެވުނު އެއްބަސްވުމެއްގެ ދަށުން ހަމައެކަނި ފަސިންޖަރުންނާއި ބެގެޖް އުފުލުމަށް ކަމަށެވެ.
އަދި ފުރަތަމަ މުއާމަލާތުން ފެށިގެން ދަތުރުގައި ކާގޯ ގެނައުމުގެ ހުއްދަ ޗާޓަރު ކުރި ކުންފުންޏަށް ދީފާއި ނުވާނެކަމަށާއި ކާގޯ ގެނައުމާ ގުޅިގެން އިތުރު އެއްވެސް ޗާޖެއް ނަގާފައި ނުވާނެ ކަމަށެވެ.
މޯލްޑިވިއަން އިން އެގޮތަށް ބުނެފައިވާތީ ފިރާގް މިއަދު ބުނެފައި ވަނީ މި ދާއިރާގައި 25 އަކަށް އަހަރު އުޅެވިއްޖެ ކަމަށެވެ. އެކަމަކު މިފަހަރު ޗާޓާރު ކުރެވުނީ މޯލްޑިވިއަންއިން ބުނާގޮތުންނަމަ މޯލްޑިވިއަންއިން ކާގޯ ގެންދަން ހަމަޖެހިފައި އޮތް ފްލައިޓަކުން، 50 ގޮނޑި އާއި ދެ ފާހާނާއާއި 12 ފުރޮޅުގެ އިތުރުން ކޮންމެ ކުއްޖަކަށް ފެންފުޅިއެއް ކަމަށެވެ.
އިތުރަށް މާލެއިން ފުރި މީހުންގެ އަދަދު 50 ކަމަށާއި 100 މީހުންގެ ބަރުދަން އެވްރެޖް ވޭތޯ ފިރާގް ވަނީ، ސުވާލުކުރައްވާފަ އެވެ. ފިރާގް އިތުރަށް ވިދާޅުވީ ބަރުދަން ކާގޯ އަށް ލިބެންޖެހޭ ކަމަށެވެ.