ads
ރާސްތާ ދޯނި--
ބިލެއްދޫ އިން މަހަށް ނިކުތް ދޯންޏެއްގެ މީހަކު މަރުވެއްޖެ
ފ. ބިލެއްދޫ އިން މަހަށް ނިކުތް "ރާސްތާ" ދޯނީގެ މީހަކު މަރުވެއްޖެ އެވެ.

އެކަމާއި ގުޅިގެން ކ. ގުރައިދޫ ކައުންސިލުގެ ރައީސް ހުސެއިން ޔާމީން މުހައްމަދު ސީއެންއެމްއަށް ވިދާޅުވީ، މަހަށް ނިކުމެ އުޅުނު އެ ދޯނި ގުރައިދޫ ފަޅަށް ވަދެފައި ވަނީ މިއަދު ހަވީރު 5:26 ހާއިރު ކަމަށެވެ. އޭރު ވެސް އުމުރުން 48 އަހަރުގެ އެމީހާ އޮތީ މަރުވެފައި ކަމަށް ވެސް ވިދާޅުވި އެވެ. 

އަދިވެސް އެމީހާގެ ހަށިގަނޑު ދޯނީގައި އޮތްއިރު ޔާމީން ވިދާޅުވީ، އާއިލާ އިން ބޭނުންވަނީ އެމީހާގެ ހަށިގަނޑު، ބިލެއްދޫއަށް ގެންދަން ކަމަށާއި އެކަމަކު އަދި އެކަމާއި ގުޅިގެން ގޮތެއް ނުނިންމާ ކަމަށެވެ. މިހާރު އެމްއެންޑީއެފުން ވެސް ދަނީ ހަރަކާތްތެރިވަމުންނެވެ. 

އެކަމާއި ގުޅިގެން އެމްއެންޑީއެފުން ބުނީ ގުރައިދޫގެ 33 ނޯޓިލް މޭލު ދެކުނުން މަސްވެރިކަމަށް ނިކުމެ އުޅުނު "ރާސްތާ" ދޯނީގެ ފަޅުވެރިއެއްގެ ހާލު ދެރަވެގެން ރިޕޯޓް ލިބުމާއެކު އެމީހާއަށް އެހީތެރިވުމަށް އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑުން ވަނީ ހަރަކާތްތެރިވެފައި ކަމަށެވެ. 

އެމްއެންޑީއެފުން ބުނި ގޮތުގައި ކާން އިންދާ ނޭވާލާން އުނދަގޫވެގެން އެކަމަކުގެ ރިޕޯޓް އެމްއެންޑީއެފަށް ކޮށްފައި ވަނީ 16.20 ގަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް