ads
އެސްޓީއޯ-- ފޮޓޯ: ޕީއެސްއެމް ނިއުސް
ހިއްސާދާރުންގެ ބޭންކު އެކައުންޓް އެސްޓީއޯގައި ރަޖިސްޓްރީ ކުރުމަށް އެދިއްޖެ
ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)ގެ ހިއްސާދާރުންގެ ބޭންކު އެކައުންޓު ކުންފުނީގައި ރަޖިސްޓްރީ ކުރުމަށް އެސްޓީއޯއިން އެދިއްޖެ އެވެ.

އެސްޓީއޯއިން ނެރުނު އިއުލާނެއްގައި ބުނީ މި އަހަރު އެ ކުންފުނީގެ ހިއްސާގެ ފައިދާ ދޫކުރަން ހަމަޖެހިފައި ވަނީ ބޭންކު އެކައުންޓަށް ޖަމާކުރާ ގޮތަށް ކަމަށެވެ. 

އެހެންކަމުން ހިއްސާދާރުންގެ ބޭންކު އެކައުންޓް ކުންފުނީގައި ރަޖިސްޓްރީ ކޮށްފައި ނުވާ ނަމަ، ނުވަތަ ރަޖިސްޓްރީ ކޮށްފައިވާ އެކައުންޓު ބަދަލުވެފައިވާ ނަމަ، އެކަން ކުންފުންޏަށް އެންގުމަށް ވަނީ އެދިފަ އެވެ. 

އެގޮތުން ހިއްސާގެ ފައިދާ ބޭންކަށް ޖަމާކުރުމަށް އެދޭ ފޯމް މެދުވެރިކޮށް ހިއްސާދާރުންގެ ބޭންކު އެކައުންޓު ކުންފުނީގައި ރަޖިސްޓްރީ ކުރެވޭނެ އެވެ. 

އެސްޓީއޯއިން ބުނީ އެ ކުންފުނީގެ ވެބްސައިޓުން އެ ފޯމް ޑައުންލޯޑް ކުރެވޭނެ ކަމަށެވެ. އަދި ފޯމު ފުރުމަށް ފަހު އީމެއިލް ކުރަން ޖެހެނީ [email protected] އަށެވެ. 

މި އަހަރު ވެސް އެ ކުންފުނީގެ ހިއްސާއަކަށް ބަހަން ޑިރެކްޓަރުންގެ ބޯޑުން ފާސްކުރީ 58 ރުފިޔާ އެވެ. ފާއިތުވި ދެ އަހަރު ވެސް ހިއްސާއަކަށް ޖެހުނީ އެ މިންވަރެވެ. 

މި އަހަރު އެސްޓީއޯގެ އަހަރީ އާއްމު ޖަލްސާ ބޭއްވުމަށް ހަމަޖެހިފައި ވަނީ 30 އޮގަސްޓް ވާ އާދީއްތަ ދުވަހުގެ ހަވީރު 04:00 ގައެވެ. 

ކޮވިޑް-19 ބަލިމަޑުކަމާ ގުޅިގެން ހިއްސާދާރުން އެއްވެ ޖަލްސާ ބޭއްވުމުގެ ބަދަލުގައި، މި ފަހަރު ޖަލްސާ އޮންނާނީ ވާޗުއަލްކޮށް ޓީމްސް ލައިވް އިވެންޓްސް މެދުވެރިކޮށް ކަމަށް އެސްޓީއޯ އިން ބުނެ އެވެ.

އެސްޓީއޯގެ މާލީ ރިޕޯޓް ދައްކާ ގޮތުގައި މިދިޔަ އަހަރު އެ ކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި ލިބުނު މިންވަރު ވަނީ 95 ޕަސެންޓު އިތުރުވެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް