ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ ވެރިކަމުގައި ވެސް ޓޫރިޒަމް މިނިސްޓަރުކަން ކުރެއްވި މައުސޫމް، އެ މަގާމަށް އައްޔަނު ކުރެއްވީ މިދިޔަ މަހު އެވެ.
ރާއްޖެއިން ސިންގަޕޫރަށް ކަނޑައަޅުއްވާފައިވާ ސަފީރު ކަމުގެ މަގާމު މީގެ ކުރިން ފުރުއްވަމުން ގެންދެވި މައުސޫމަށް ރުހުން ދޭން ފެންނަ ކަމަށް ނިންމާފައި ވަނީ ކޮމިޓީގެ ހުރިހާ މެމްބަރުންގެ އިއްތިފާގުންނެވެ.
ދެން އެ ނަން ފާސްކުރުމަށް ފޮނުވާނީ މަޖިލީހުގެ ތަޅުމަށެވެ.
ކުރިން ޓޫރިޒަމް މިނިސްޓަރުކަން ކުރެއްވި އަލީ ވަހީދަށް ޖިންސީ ފުރައްސާރައިގެ ބޮޑެތި ތުހުމަތުތަކެއް އެ މިނިސްޓްރީގެ ސްޓާފުން ކުރުމާއެކު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އޭނާ އެ މަގާމުން ވަކިކުރައްވާފަ އެވެ.
އަލީ ވަހީދަށް ކުރެވޭ ތުހުމަތުތައް ފުލުހުން ވެސް ދަނީ ތަހުގީގު ކުރަމުންނެވެ.