މިއުޒިކްގެ ދާއިރާގައި އުޅޭ މި ދެ ފަންނާނުން ކައިވެނި ކުރީ މިއަދު ހެނދުނެވެ. އެ ދެ މީހުންގެ ކައިވެނީގެ ރަނަކީ 1،234.56 ރުފިޔާ އެވެ.
އުމުރުން 23 އަހަރުގެ ޝަލަބީ އާއި 21 އަހަރުގެ ޝިފާ ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ މިހާރު ދޮޅު އަހަރެއްހާ ދުވަސް ވެއްޖެ އެވެ.
ވާޗުއަލްކޮށް ކައިވެނިކޮށް ނިމުނުއިރު، ދިވެހިވަންތަ ތީމަކަށް އޮތް ކައިވެނި ހަފްލާގައި ބައިވެރިވީ ދެ ފަންނާނުންގެ އާއިލާގެ މީހުންނެވެ.