ads
ލަންދޫ ބަނދަރު ހެދުމުގެ މަސައްކަތް ކުރިއަށް ދަނީ-- ފޮޓޯ: އެމްޓީސީސީ
ލަންދޫ ބަނދަރު ހެދުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި
ނ. ލަންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން މިއަދު ފަށައިފި އެވެ.

އެ މަޝްރޫއުގެ ދަށުން 25،000 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުން ކުރުމާއި، 256 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށިލުމުގެ އިތުރުން 401 މީޓަރު ސަރަހައްދެއްގެ ބޭރުތޮށިލުމާއި 60 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުން ހިމެނެ އެވެ. 

އޭގެ އިތުރުން 1،280 އަކަމީޓަރުގެ ސަރަހައްދެއްގައި ޕޭމަންޓު ހަދާ، ބަނދަރު ބައްތި އާއި ނެރު ބައްތި ޖެހުން ވެސް އެ މަޝްރޫއުގެ ތެރޭގައި ހިމެނެ އެވެ.

ޖުމްލަ 35.60 މިލިއަން ރުފިޔާ އެ މަޝްރޫއަށް ހޭދަވާނެ ކަމަށް ބެލެވެ އެވެ. ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކުރި މަޝްރޫއު ހިންގުމަށް ބޭނުންވާ ތަކެތި ލަންދޫއަށް ގެންދިޔެއީ މިމަހުގެ 12 ވަނަ ދުވަހު އެވެ. 

އެމްޓީސީސީން ދަނީ ރާއްޖޭގެ އެކި ރަށްރަށުގައި ތަފާތު އެކި ތަރައްގީގެ މަޝްރޫއުތައް ހިންގަމުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް