ads
ބިލެއްދޫ--
ބިލެއްދޫ "ރާސްތާ" ދޯނިން މަރުވި މީހާ ކޮވިޑަށް ޕޮޒިޓިވް!
ފ. ބިލެއްދޫ އިން މަހަށް ނިކުތް "ރާސްތާ" ދޯނިން މަރުވި މީހާ، ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށް މައުލޫމާތު ލިބިއްޖެ އެވެ.

ރާސްތާ ދޯނިން އުމުރުން 48 އަހަރުގެ އެ ފިރިހެން މީހާ މަރުވެފައި ވަނީ ކާން އިންދާ ނޭވާލާން އުނދަގޫވެގެން ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

މިމަހުގެ 22 ވަނަ ދުވަހު، ކ. ގުރައިދޫގެ 33 ނޯޓިލް މޭލު ދެކުނުން މަސްވެރިކަމަށް ނިކުމެ އުޅުނިކޮށް އެމީހާގެ ހާލު ދެރަވުމާ އެކު ދޯނި ވަދެފައި ވަނީ ގުރައިދޫ ފަޅަށެވެ. އޭރު ވެސް އެމީހާ އޮތީ މަރުވެފައި ކަމަށް މައުލޫމާތު ލިބެ އެވެ.

ގުރައިދޫ އިން އެމީހާ ކޮވިޑަށް ޓެސްޓްކުރުމަށް ފަހު ބިލެެއްދޫއަށް ހަށިގަނޑު ގެންދިޔައިރު ބިލެއްދޫ ކައުންސިލުގެ ރައީސް އިހުސާން މިއަދު ސީއެންއެމްއަށް ވިދާޅުވި ގޮތުގައި ގުރައިދޫ ކައުންސިލުން ގުޅާއި ވަނީ އެ މީހާ ކޮވިޑަށް ޕޮޒިޓިވްކަން އަންގާފަ އެވެ. 

އަދި އެއާއެކު ގުރައިދޫ މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާއިރު އިހުސާން ވިދާޅުވީ، މިހާރު ބިލެއްދޫ ވެސް އޮތީ މޮނިޓަރިންގައި ކަމަށެވެ. އެގޮތުން 11:30 ހާއިރު ރަށް މޮނިޓަރިންނަށް ގެނެސް ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރިއަށްދާ ކަމަށް ވިދާޅުވި އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް