ads
ފަރްހާނު ކައިވެނިކުރަން އުޅޭކަމުގެ އަޑުތައް ގަދަވެފައިވަނިކޮށް ދެ އާއިލާ ކެއުމަކަށް!
ކައިވެނީގެ އަޑު ގަދަވެފައިވަނިކޮށް ދަރިނާއި ލޯބިވެރިޔާ ގޮވައިގެން ފަރްހާން ކެއުމަކަށް!
ބޮލީވުޑުގެ މަޝްހޫރު އެކްޓަރު ފަރްހާނު އަހްތަރު އޭނާގެ ލޯބިވެރިޔާ، އިންޑިއާގެ ލަވަކިޔުންތެރިޔާ އަދި މޮޑެލް ޝިބާނީ ދަންޑެކާރު މިއަހަރުގެ ތެރޭގައި ކައިވެނި ކުރަން އުޅޭކަމުގެ އަޑުތައް ގަދަވެފައިވަނިކޮށް ލޯބިވެރިޔާއާއި ފަރްހާންގެ މައިންބަފައިންނާއި އޭނާގެ ދަރިން ގޮވައިގެން ކެއުމަށް ގޮސްފި އެވެ.
Advertisement
ބޮލީވުޑުގެ މަޝްހޫރު އެކްޓަރު ފަރްހާނު އަހްތަރު އޭނާގެ ލޯބިވެރިޔާ، އިންޑިއާގެ ލަވަކިޔުންތެރިޔާ އަދި މޮޑެލް ޝިބާނީ ދަންޑެކާރު މިއަހަރުގެ ތެރޭގައި ކައިވެނި ކުރަން އުޅޭކަމުގެ އަޑުތައް ގަދަވެފައިވަނިކޮށް ލޯބިވެރިޔާއާއި ފަރްހާންގެ މައިންބަފައިންނާއި އޭނާގެ ދަރިން ގޮވައިގެން ކެއުމަށް ހިނގައްޖެ އެވެ.

މިދިޔަ އަހަރުގެ ފަހުކޮޅު ފަރްހާން އާއި ޝިބާނީ ކައިވެނިކުރާނެ ކަމަށް ރިޕޯޓްތައް ބުނާއިރު މީގެ ކުރިން ފަރްހާން ވަނީ ކައިވެންޏެއް ކޮށްފަ އެވެ. އެގޮތުން 2000 ވަނަ އަހަރު، ހެއާ ސްޓައިލިސްޓް އަދުނާ ބަބާނީއާއި ފަރްހާން ކައިވެނި ކުރިއިރު އެ ކައިވެނި ރޫޅުނީ 2017 ވަނަ އަހަރެވެ. އޭރު ކައިވެންޏަށް ދެ އަންހެން ދަރިން ވެސް ވަނީ ލިބިފަ އެވެ.

ނަމަވެސް، ޝިބާނީ މީގެކުރިން ކައިވެންޏެއް ކޮށްފައެއް ނުވެއެވެ.

އިއްޔެ ރޭ ކެއުމަށް އެމީހުން ރެސްޓޯރަންޓަށް ދިޔަ ފޮޓޯތައް މިހާރު ވަނީ ސޯޝަލް މީޑިއާގައި ދައުރުވެފަ އެވެ. އެގޮތުން ޝިބާނީގެ މަންމަ ވެސް މި ކެއުމުގައި ބައިވެރިވިއިރު ފަރްހާންގެ މަންމަ އާއި ބައްޕަ އަދި ދައްތަ ޒޯޔާ އަކްތަރު ވެސް މި ކެއުމުގައި ބައިވެރިވި އެވެ. އޭގެ އިތުރުން ފަރްހާނުގެ ދެ ދަރިން ވެސް ކެއުމުގައި ބައިވެރިވުމަށް ރެސްޓޯރަންޓް ދޮށަށް ގޮސް ތިބި މަންޒަރު ފެނެ އެވެ. މިހެންކަމުން ދެ އާއިލާގެ މެދުގައި ވެސް ގުޅުން އޮންނަކަން އެނގިގެންދެ އެވެ.

ދާދި ފަހުން ފަރްހާނުގެ ބައްޕަ، ޖާވިދު ވަނީ ފަރްހާނުގެ ކައިވެންޏާ ގުޅިގެން ފެތުރޭ އަޑުތަކަށް ރައްދެއްދީފަ އެވެ. އެގޮތުން އެމީހުން ކައިވެނިކުރަން އުޅޭ ކަމުގެ އަޑު އިވުނީ މީޑިއާއިން ކަމަށާއި ފަރްހާން އެވާހަކަ ހިއްސާ ނުކުރާ ކަމަށް ބުންޏެވެ. އަދި ދަރިން ބައެއް ފަހަރު ކަންކަން ވަރަށް ސިއްރުކުރާނެ ކަމަށައި އެކަމަކު އެކަމާއި ގުޅޭ އެއްވެސް ކަމެއް އަދި ނޭނގޭ ކަމަށް ބުންޏެވެ.

ޝިބާނީއާ ގުޅިގެން ފަރްހާނުގެ ބައްޕަ ބުނީ އެއީ ވަރަށް ރަނގަޅު ހިތްހެޔޮ ކުއްޖެއް ކަމަށެވެ.

ރޮކް އޮން 2 އާއި ޒިންދަގީ ނާ މިލޭގީ ދުބާރާ އާއި ބާގް މިލްކާ ބާގް ފަދަ ކާމިޔާބު ފިލްމުތަކުގައި މަސައްކަތްކޮށްފައިވާ އުމުރުން 44 އަހަރުގެ ފަރްހާން ވަނީ މީގެ ކުރިން ކައިވެންޏެއްކޮށްފައެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް