ads
ބަންގްލަދޭޝް މީހުން ގައުމަށް ފޮނުވާލުން--
އިތުރު 199 މީހަކު ބަންގްލަދޭޝްއަށް ފޮނުވާލައިފި
ރާއްޖޭގައި އުޅެމުން އައި ބަންގްލަދޭޝް މީހުންގެ ތެެރެއިން އިތުރު 199 މީހަކު އަނބުރާ ގައުމަށް ފޮނުވާލާފައިވާ ކަމަށް މޯލްޑިވިއަނުން ބުނެފި އެވެ.

މޯލްޑިވިއަނުން މިއަދު ކުރި ޓްވީޓެއްގައި ބުނީ 199 ބަންގްލަދޭޝް މީހުން ގޮވައިގެން އެގައުމުގެ ވެރި ރަށް، ޑާކާއަށް މޯލްޑިވިއަންގެ ފްލައިޓެއް ގޮސްފައިވާ ކަމަށެވެ. މިއީ މޯލްޑިވިއަނުން ބަންގްލަދޭޝް މީހުން ގޮވައިގެން ކުރާ 32 ވަނަ ދަތުރެވެ. 

އެއާއެކު މޯލްޑިވިއަނުން ޖުމްލަ 6132 ބަންގްލަދޭޝް މީހަކު މިވަނީ ގައުމަށް ގެންގޮސްފަ އެވެ. 

ރާއްޖޭގައި އުޅެމުންދާ ބަންގްލަދޭޝް ރައްޔިތުން އަނބުރާ ފޮނުވާލުމުގެ މަސައްކަތަކީ ރާއްޖޭގައި ސައްހަ ލިޔެކިޔުން ނެތް ބަންގްލަދޭޝް މީހުންނާއި އެނބުރި ގައުމަށް ދާން ބޭނުން މީހުން ފުރުވާލުމަށް ސަރުކާރާއި މޯލްޑިވިއަން ގުޅިގެން ކުރިއަށް ގެންދާ އޮޕަރޭޝަނުގެ ދަށުން ކުރާ ކަމެކެވެ. 

ރާއްޖޭގައި ގަވާއިދާ ހިލާފަށް 80000 އާ ގާތް ކުރާ އަދަދަކަށް ބަންގްލަދޭޝް މީހުން އުޅޭ ކަމަށް ކަމާއި ބެހޭ އިދާރާތަކުން އަންދާޒާކުރެ އެވެ.

އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވަރަށް ފަހުން ވިދާޅުވިގޮތުގައި މިއަހަރުތެރޭގައި 20000 ބިދޭސީން ރާއްޖެއިން ފޮނުވާލެވޭނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް