މިހާރު ނޭޕާލްގައި ކުރިއަށްދާ ސައުތު އޭޝިއަން ގޭމްސްގެ 200 މީޓަރު ދުވުމުން ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު މިއަދު ލޯ މެޑަލް ހޯދައިފި އެވެ.

Advertisement
މިހާރު ނޭޕާލްގައި ކުރިއަށްދާ ސައުތު އޭޝިއަން ގޭމްސްގެ 200 މީޓަރު ދުވުމުން ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު މިއަދު ލޯ މެޑަލް ހޯދައިފި އެވެ.
އިއްޔެ އޮތް 100 މީޓަރުގެ ދުވުމުން ސާއިދު ވަނީ ރަން މެޑެލް ހޯދާފަ އެވެ. އެއީ މި މުބާރާތުގެ ތާރީހުގައި ރާއްޖެއިން ކާމިޔާބު ކުރި ފުރަތަމަ ރަން މެޑަލެވެ.
ސާއިދު މިއަދުގެ ރޭހުން ލޯ މެޑެލް ހޯދީ 21.22 ސިކުންތުން ރޭސް ނިންމައިގެންނެވެ. އެއްވަނަ ލިބުނު ޕާކިސްތާނުގެ ދުވުންތެރިޔާ ނިންމީ 21.15 ސިކުންތުންނެވެ.