ads
ސޯނިއާ ގާންދީ-- ފޮޓޯ: ގެޓީ އިމޭޖަޒް
ސޯނިއާ ގާންދީ އިދިކޮޅު ލީޑަރުކަމުން ވަކިވެވަޑައިގަންނަވަނީ
އިންޑިއާގެ ކޮންގްރެސް ޕާޓީގެ ރައީސް، ސޯނިއާ ގާންދީ އިދިކޮޅު ލީޑަރުގެ މަގާމުން ދުރަށް ޖެހިވަޑައިގަންނަވަން ނިންމަވައިފި އެވެ.

އެގޮތަށް ނިންމާފައި ވަނީ ޕާޓީއަށް އިސްލާހު ގެނައުމަށް އެދި، ބައެއް މެމްބަރުން ފޮނުއްވި ސިޓީއަކާ ގުޅިގެންނެވެ. ޕާޓީގެ ލީޑަރުން ވަނީ އެކަން މަޝްވަރާ ކުރުމަށް ބައްދަލުކޮށްފަ އެވެ. 

ގިނަ އަހަރުތަކެއް ވަންދެން އިންޑިއާގައި ވެރިކަން ކުރި ކޮންގްރެސް ޕާޓީއަށް މިފަހަކަށް އައިސް އިންތިހާބުތަކުން އަންނަނީ ބޮޑެތި ނާކާމިޔާބީތަކާ ކުރިމަތިވަމުންނެވެ. 

އެހެންވެ، ގާންދީ އާއިލާއިން އިސް މަގާމުތައް ކޮންޓްރޯލް ކުރި ޕާޓީގެ ލީޑާޝިޕަށް އަންނަނީ ފާޑުކިޔުންތައް އަމާޒުވަމުންނެވެ. 

އިނގިރޭސިންގެ އަތުން 1947 ވަނަ މިނިވަންކަން ލިބުނު ފަހުން އެ ޕާޓީގެ އެންމެ އިސް މަގާމުގައި އަބަދުވެސް ހުންނަނީ އެ އާއިލާގެ މެމްބަރެކެވެ.

އިންތިހާބުތަކުން ލިބެމުންދާ ނާކާމިޔާ ގުޅިގެން ސޯނިއާގެ ދަރިކަލުން ރާހުލް ގާންދީ ލީޑާޝިޕާ ދުރަށް ޖެހިވަޑައިގެންނެވުމުން، އަނެއްކާވެސް އެ މަގާމަށް ވަޑައިގަތީ ސޯނިއާ އެވެ. 

ނަމަވެސް މިހާރު ސޯނިއާ ބޭނުންވެވަޑައިގަންނަވަނީ ލީޑާޝިޕުން ވަކިވެވަޑައިގެން، ގާންދީ އާއިލާއާ ނުގުޅޭ ބޭފުޅަކު ޕާޓީގެ އެންމެ އިސް މަގާމަށް ގެންނަން ކަމަށް ރިޕޯޓުތައް ބުނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް