ހަބަރު /

ވީއައިއޭ-- ފޮޓޯ: އަވަސް
ކޮވިޑާ ގުޅިގެން ވީއައިއޭ ބޭރުގައިވާ ސްމޯކިން އޭރިއާ ބަންދުކޮށްފި
24 އޯގަސްޓް 2020 - 16:20:45
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ބައިނަލްއަގްވާމީ ޕެސެންޖާ ޓާމިނަލް ކައިރީގައިވާ ދުންފަތުގެ އިސްތިއުމާލު ކުރުމަށް ހާއްސަ ސަރަހައްދު ވަގުތީ ގޮތުން ބަންދުކުރަން ނިންމައިފި އެވެ.
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނީ އެގޮތަށް ނިންމީ ޕަސަންޖަރުންނާއި އެއާޕޯޓު ބޭނުންކުރާ އެހެން ފަރާތްތައް ވެސް ކޮވިޑް-19 އިން ރައްކާތެރި ކުރުމަށް ކަމަށެވެ.
އެގޮތުން މިރޭ 11:59 އިން ފެށިގެން ވަކި މުއްދަތެއް ނެތް ގޮތަށް ވަގުތީ ގޮތުން އެ ސަރަހައްދު ބަންދުކުރާނެ ކަމަށް އެމްއޭސީއެލް އިން ކުރި ޓްވީޓެއްގައި ވެއެވެ.
ރާއްޖޭގައި ކޮވިޑް-19 ގެ ހާލަތު ގޯސްވަމުން ދާއިރު، 6660 މީހަކަށް މި ބަލި ވަނީ ޖެހިފަ އެވެ. އޭގެ ތެރެއިން 4148 މީހަކު ރަނގަޅުވެފައި ވާއިރު، 27 މީހަކު ވަނީ މަރުވެފަ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް