"ސަންޑާލީ ވެލެންޓިނާ" ނަމަކަށް ކިޔާ މި މަސްބޯޓު އޮޔާދާ ކަމުގެ މައުލޫމާތު ސްރީލަންކާގެ ކަމާބެހޭ އިދާރާތަކުން ހިއްސާކުރުމާ ގުޅިގެން، އެމްއެންޑީއެފްގެ ކޯސްޓްގާޑުން ވަނީ އެ ބޯޓު މޮނިޓާކުރަން ފަށާފައެވެ.
އެމްއެންޑީއެފްގެ ސަދަން އޭރިއާ ކޮމާންޑްގައި ހަރަކާތްތެރިވާ "ދޮށިމޭނާ" އުޅަނދުގައި ތިބި ސިފައިން މިއަދު ހެނދުނު 8:05 ހާއިރު ވަނީ އެ ބޯޓު ކައިރިއަށް ދަތުރުކޮށްފައެވެ. އެމްއެންޑީއެފް އޮފީހުން ބުނީ ސިފައިން އެ ބޯޓު ކައިރިއަށް ދިޔައިރު، އެ ބޯޓު އޮތީ އައްޑޫ ސިޓީގެ ހުޅަނގުން 15 ނޯޓިކަލް މޭލު ދުރުގައި ކަމަށެވެ.
އޮޔާދިޔަ ލަންކާ ބޯޓުގައި ތިބި ހަ ފަޅުވެރިންގެ ހާލު ރަނގަޅު ކަމަށް އެމްއެންޑީއެފް އޮފީހުން ބުނެފައިވެއެވެ. އެމްއެންޑީއެފްގެ ކޯސްޓްގާޑުން މިހާރު ދަނީ އެ ބޯޓަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.