ޓައިމްސް ނައު އަށް ދިން އިންޓަވިއުއެއްގައި ސައިފް ބުނީ އޭނާގެ ހަޔާތުގެ މައްޗަށް އޮޓޯބަޔޮގްރަފީ އަށް ލިޔަމުންދާ ކަމަށެވެ.
އެ ފޮތުގައި ސައިފްގެ އާއިލާ އާއި ގޭގެ ވާހަކަތަކާއި، ކެރިއާ އަދި ކާމިޔާބީ އާއި ނާކާމިޔާބީތަކާއި، ދެކޭ ހުވަފެންތަކުގެ ތަފްސީލް ހުންނާނެ ކަމަށް ވެއެވެ.
ފޮތް ކިޔުމަށް ޝައުގުވެރިކަން ހުންނަ ސައިފް ފުރަތަމަ ފަހަރަށް ފޮތެއް ލިޔަމުން ދާއިރު، އެ ފޮތް ޝާއިއު ކުރުމަށް ހަމަޖެހިފައި ވަނީ އަންނަ އަހަރެވެ.
ސައިފް އާއި އެކްޓްރެސް ކަރީނާ ކަޕޫރުގެ ކައިވެންޏަށް ދެވަނަ ދަރިއަކު ލިބެން އުޅޭކަން ވެސް އެމީހުން ވަނީ މި އަހަރު ހާމަކޮށްފަ އެވެ.