މީރާ އަދި ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މެމްބަރުންނަށް ރުހުން ދީފި
25 އޯގަސްޓް 2020 - 15:08:04
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އާއި ޓެކްސް އެޕީލް ޓްރައިބިއުނަލަށް މެމްބަރުން އައްޔަނު ކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
އެގޮތުން މީރާގެ ބޯޑަށް ހަތަރު މެމްބަރަކާއި ޓެކްސް އެޕީލް ޓްރައިބިއުނަލަށް އެއް މެމްބަރަކު އައްޔަނު ކުރުމަށް މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ.
މީރާއަށް އައްޔަނުކުރަން ފާސްކުރި ހަތަރު ބޭފުޅުންނަކީ:
- ހދ. ހަނިމާދޫ މުރިނގު، މުމްތާޒް އަބްދުއްރަޝީދު
- ހ. ނީލްވިލާ، ލީނާ މުހައްމަދު ޒާހިރު ހުސައިން
- ގ. މާލެހިޔާ 15-03-2، ހުޝާމް ވަހީދު
- ހ. އީސްޓްވާޑް އައިޝަތު އަޝާ އަލީ
ޓެކްސް އެޕީލް ޓްރައިބިއުނަލްއަށް އައްޔަނުކުރަން ފާސްކުރީ އއ. މަތިވެރި ވެސްޓްބީޗް، މުހައްމަދު މުނައްވަރު އަލީގެ ނަމެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް