ads
އައިލެންޑަރސްގެ ޑިރެކްޓަރ އަހްމަދު އަދްލީ ރަޝީދު
އަމީރު އަހްމަދުގެ ޓީޗަރުންގެ މުސާރަ ކުޑަކޮށްފައިވާ މައްސަލައެއް ފެންމަތިވެއްޖެ
އައިލެންޑާސް އެޑިއުކޭޝަނުން ހިންގާ، އަމީރު އަހްމަދުގެ ޓީޗަރުންނަށް އޮޅުވާލައި މުސާރަ ކުޑަކޮށްފައިވާ މައްސަލައެއް ފެންމަތިވެއްޖެއެވެ.
Advertisement

އައިލެންޑާސް އެޑިއުކޭޝަނުން ހިންގާ، އަމީރު އަހްމަދުގެ ޓީޗަރުންނަށް އޮޅުވާލައި މުސާރަ ކުޑަކޮށްފައިވާ މައްސަލައާއި ގުޅިގެން އަމީރު އަހްމަދު ސްކޫލުގެ ޓީޗަރުންގެ ފަރާތުން އައިލެންޑާސް އެޑިޔުކޭޝަނަށް ފޮނުވާފައިވާ ސިޓީއެއްގައި ބުނެފައިވަނީ، އެ ކުންފުނީގެ ދަށުން ހިންގަމުން އަންނަ ހަތަރު ސްކޫލުގެ ތެރެއިން ހަމައެކަނި އަމީރު އަހްމަދުގެ ޓީޗަރުންގެ މުސާރަ ކުޑަކޮށްފައިވާ ކުޑަ ކުރުމަކީ ތަފާތު ކުރުމެއް ކަމަށެވެ.

އައިލެންޑާސްގެ ދަށުން ހިންގަމުން އަންނަ ހަތަރު ސްކޫލަކީ، އަމީރު އަހްމަދު، ފިންލަންޑް ސްކޫލް، ކެންގަރޫ ކިޑްސް އަދި ބިލަބޮންގް އެވެ. ފިންލަންޑް ސްކޫލާއި ކެންގަރޫ ކިޑްސް ހިންގާ ބިން އައިލެންޑާސްއަށް އަގަކާ ނުލައި ދޫކޮށްފައިވަނީ އަމީރު އަހްމަދު ސްކޫލު ހިންގުމަށް ޝަރުތުކޮށްފައި ކަމަށް މައުލޫމާތު ލިބިފައިވެއެވެ. މި ސްކޫލުތަކުގެ ޓީޗަރުންނަށް ފުރިހަމަ މުސާރަ ދެމުން އަންނަކަމުގެ މައުލޫމާތު ލިބިފައިވެއެވެ.

އަމީރު އަހްމަދުގެ މެނޭޖްމެންޓްކަމުގައިވާ އައިލެންޑާސްއިންވަނީ އަމީރު އަހްމަދުގެ ޓީޗަރުންގެ މުސާރަ 50 އިންސައްތައަށް ކުޑަކޮށްފައެވެ. އަދި މީގެ އިތުރުން ހުރިހާ ޓީޗަރުންގެ އަސާސީ މުސާރަ އެންމެ އެއްހާސް ރުފިޔާއަށް ކުޑަކޮށްފައިވާ ކުޑަ ކުރުމަކީ ޕެންޝަނަށްވެސް އޮޅުވާލާފައިވާ އޮޅުވާލުމެއް ކަމަށް އަމީރު އަހްމަދުގެ ޓީޗަރުން ދެކެއެވެ.

އައިލެންޑާސްގެ ދަށުން ހިންގާ ހަތަރު ސްކޫލުގެ ތެރެއިން ހަމައެކަނި އަމީރު އަހްމަދުގެ މުސާރަ ކުޑަކުރި މައްސަލައިގައި ހައްލެއް ހޯދުމަށް އަމީރު އަހްމަދުގެ ޓީޗަރުންގެ ފަރާތުން އައިލެންޑާސްއަށް ފޮނުވި ސިޓީގެ ޖަވާބުގައި އެ ކުންފުނިން ބުނެފައިވަނީ އަމީރު އަހްމަދަކީ އެޑިޔުކޭޝަނާއި އެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ހިންގާ ސްކޫލެއް ނަމަވެސް އެ އެއްބަސްވުމުގެ ދަށުން އެޑިޔުކޭޝަންގެ ފަރާތުން ލިބެން ޖެހޭ ހައްގުތައް ވޭތިވެދިޔަ ހަތް އަހަރުވެސް ލިބިފައި ނުވާ ކަމަށެވެ.

އައިލެންޑާސްއިންވަނީ އަމީރު އަހްމަދުގެ ހުރިހާ ޓީޗަރުންގެ އަސާސީ މުސާރަ އެއްމެ އެއްހާސް ރުފިޔާއަށް ކުޑަކޮށް، ޕެންޝަން ފަންޑަށް ކުުންފުނީގެ ފަރާތުން މުވައްޒަފުންނަށް ދޭން ޖެހޭ އަދަދު ވަރަށް ބޮޑުތަނުން ކުޑަކޮށްފަ ކަމަށް ވެއެވެ.

އަމީރު އަހްމަދުގެ މެނޭޖްމެންޓް ކުންފުނި އައިލެންޑާސްއިން އަމީރު އަހްމަދުގެ މުވައްޒަފުންނާއި އެކު ވެފައިވާ އެއްބަސްވުމާ ޚިލާފަށް އަމަލުކޮށް، އަމީރު އަހްމަދުގެ ހުރިހާ ޓީޗަރުންގެ މުސާރަ ކުޑަކޮށްފައިވާއިރު، މީގެ ކުރިން އައިލެންޑާސްއިންވަނީ، ވަޒީފާގެ އެއްބަސްވުމާއި ޚިލާފަށް ބިލަބޮންގްގެ ޓީޗަރެއް ވަޒީފާއިން ވަކިވި ކަމަށް ބުނެ އެ ޓީޗަރުގެ އަތުން ތިން މަސް ދުވަހުގެ މުސާރަ ހޯދަން ދައުވާ ކޮށްފައެވެ.

ދެހާސް ސަތާރަ ވަނަ އަހަރު އައިލެންޑާސް އެޑިއުކޭޝަންގެ ފަރާތުން، އެ ކުންފުނީގެ ދަށުން ހިންގަމުން އަންނަ ބިލަބޮންގް ސްކޫލުގެ އަންހެން ޓީޗަރަކާއި ދެކޮޅަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގައި ދައުވާ ކޮށްފައިވަނީ ވަޒީފާގެ އެއްބަސްވުމާއި ޚިލާފަށް ވަޒީފާއިން ވަކިވެފައިވާ ކަމަށް ބުނެ އެ ޓީޗަރުގެ އަތުން ތިން މަހުގެ މުސާރަ ހޯދާށެވެ. ޓީޗަރެއްގެ އަތުން ތިން މަހުގެ މުސާރަ ހޯދަން އައިލެންޑާސްއިން ދައުވާކޮށްފައިވާއިރު، އައިލެންޑާސްއިންވަނީ ތިން މަހައްވުރެ ގިނަ ދުވަހު، އެ ކުންފުނީގެ ދަށުން ހިންގާ އަމީރު އަހްމަދު ސްކޫލުގެ ހުރިހާ ޓީޗަރުންގެ މުސާރަ، އެ ޓީޗަރުންނާއި ކުންފުންޏާއި ދެމެދު ހަދާފައިވާ ވަޒީފާގެ އެއްބަސްވުމާއި ޚިލާފަށް ކުޑަކޮށްފައެވެ. 

މައުލޫމާތު ލިބިފައިވާ ގޮތުގައި މި މައްސަލައަށް ހައްލެއް ނުލިބިގެން އަމީރު އަހްމަދުގެ ޕީޓީއޭއިންވެސްވަނީ މިކަމުގެ ތެރެއަށް ވަދެފައެވެ. އަދި ރައްޔިތުންގެ މަޖިލީހާއި، އެޑިއުކޭޝަން މިނިސްޓްރީގެ ސަމާލުކަމަށް މި މައްސަލަ ގެނައުމުގެ މަސައްކަތް ޕީޓީއޭގެ ފަރާތުން ކުރަމުން އަންނަކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.

އައިލެންޑާސްއިން ހިނގާ ސްކޫލްތަކުގެ މެދުގައި މުސާރައިގެ ތަފާތުތައް ގެންގުޅޭކަމަށް ބުނާ މައްސަލާގައި އައިލެންޑާސްގެ ބަހެއް ހޯދުމަށް ކުރި މަސައްކަތް ވަނީ ކާމިޔާބުނުވެފަ އެވެ. އައިލެންޑާސްގެ ބަހެއް ހޯދުމަށް އައިލެންޑާސްގެ ޑިރެކްޓަރ އަހްމަދު އަދްލީ ރަޝީދުއަށް ގުޅައިގެންނާއި މެސެޖުކޮށްގެންވެސް ވަނީ ބަހެއް ލިބޭގޮތްނުވެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް