މިކަން އިއުލާން ކުރައްވާ މިނިސްޓަރު އަހްމަދު މަހްލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ނޭކުރެންދޫ ދަނޑުގެ މަސައްކަތްވެސް ނިމިފައިވާ ކަމަށާއި އެކަމުގައި އެހީތެރިވެދެއްވީތީ ރަށުގެ ކައުންސިލާއި ޒުވާނުންނާއި އަދި އެރަށް ހިމެނޭ މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީއަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.
އަދި މީގެ އިތުރުން ނޭކުރެންދޫގައި އައުޓްޑޯ ޖިމެއް ގާއިމްކުރުމުގެ މަސައްކަތް ވެސް ކުރިޔަށްދާކަން މިނިސްޓަރު ވަނީ ފާހަގަކުރައްވާފަ އެވެ.
ޔޫތް މިނިސްތްރީން މައުލޫމާތު ދޭ ގޮތުގައި މި މަސައްކަތް ކުރިޔަށް ގެންގޮސްފައިވަނީ ކައުންސިލްގެ ފަރާތުން އިއުލާންކޮށްގެންނެވެ.
އަދި ކައުންސިލްގެ ފަރާތުން މި މަސައްކަތް ހަވާލުކޮށްފައިވަނީ ޓްރިޕަލް އެއިޓް ކުންފުންޏާ ކަމަށާއި އެ ދަނޑަކީ ރޭގަނޑު ކުޅެވޭ ގޮތަށް ލައިޓް ހަރުކުރެވިފައިވާ ދަނޑެއްކަމަށްވެސް މިނިސްޓްރީން މައުލުމަތު ދެއެވެ.
ރާއްޖޭގެ ގިނަ ހިސާބުތަކެއްގައި ފުޓްސަލް ދަނޑުތައް ގާއިމްކުރެވިފައިވާއިރު ފުޓަސަލް ދަނޑު ފަދަ ޒުވާނުންނާއި ކުޅިވަރަށް ލޯބިކުރާ ފަރާތްތަކަށް ހާއްސަ ކޮށްގެން ކުރިއަށް ގެންދާ ގިނަ މަޝްރޫއުތަކެއް ދަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުރިއަށް ގެންދަމުންނެވެ.