ads
އިއްޔެގެ ދުވުމުގެ ތެރެއިން-- ފޮޓޯ: ސޯޝަލް މީޑިއާ
200 މީޓަރު ދުވުމުގެ ފައިނަލަށް ސާއިދު ދަތުރުކޮށްފި
މިހާރު ކުރިއަށްދާ ސައުތު އޭޝިއަން ގޭމްސްގެ 100 މީޓަރު ދުވުމުން ރަން މެޑަލް ހޯދި ރާއްޖޭގެ އެއްވަނަ ދުވުންތެރިޔާ ހަސަން ސާއިދު، 200 މީޓަރު ރޭހުގެ ފައިނަލަށް ދަތުރުކޮށްފި އެވެ.
މިހާރު ކުރިއަށްދާ ސައުތު އޭޝިއަން ގޭމްސްގެ 100 މީޓަރު ދުވުމުން ރަން މެޑަލް ހޯދި ރާއްޖޭގެ އެއްވަނަ ދުވުންތެރިޔާ ހަސަން ސާއިދު، 200 މީޓަރު ރޭހުގެ ފައިނަލަށް ދަތުރުކޮށްފި އެވެ.

ނޭޕާލްގައި ކުރިއަށްދާ މުބާރާތުގައި މިއަދު ބޭއްވި ހީޓުން ސާއިދު ރޭސް ނިންމީ ތިންވަނައިގަ އެވެ. އެއާއެކު އޭނާ ވަނީ ފައިނަލަށް ދަތުރުކޮށްފަ އެވެ.

އިއްޔެ ސާއިދު ވަނީ 100 މީޓަރުގެ ހީޓުން އެއްވަނަ ހޯދައި ސައުތު އޭޝިއަން ގޭމްސްގެ ތާރީހުގައި ރާއްޖެއަށް އަލަށް ރަން މެޑެލް ހޯދާފަ އެވެ. އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ވެސް ރާއްޖެއަށް ފުރަތަމަ ރަން މެޑެލް ހޯދައި ދިނީ އޭނާ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް