ads
ކޮވިޑް19 އަށް ބަޔަކު ޓެސްޓު ކުރަނީ
މިހާރު ސްކޯ 9 ގައި 10 އަށް އަރައިފިނަމަ ލޮކްޑައުންއަކަށް ދާން ޖެހިދާނެ: ޑރ ޝަހީދު
ރާއްޖޭގެ ހާލަތު އިތުރަށް ގޯސްވެ ލޮކްޑައުންއަކަށް ދާންޖެހިދާނެ ކަމުގެ އިންޒާރު ޑރ އަހުމަދު ޝަހީދު ދެއްވައިފިއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ ޝަހީދު  ވިދާޅުވީ އެޗްޕީއޭއިން ބަލާ މިދިޔަ ހަފްތާގެ މުޅި ސްކޯއަށް ބަލާއިރު މިއުޅެނީ 9 ގައި ކަމަށާ ސްކޯ 5 އާއި 10 އާއި ދެމެދު އުޅެންޏާވެސް ވަރަށް ބޮޑެތި ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން ޖެހޭނެ ކަމަށެވެ.

ޝަހީދު ވިދާޅުވީ  އެޗްޕީއޭއިން މިގެންގުޅޭ ސްކޯރިން ސިސްޓަމުން 10 އަކަށް އަރައިފިއްޔާ އޭގެ މާނަ އަކީ ލޮކްޑައުންއަކަށް ދާން ޖެހޭނެ ކަމަށެވެ. ރައްކާތެރިކަމުގެ އިތުރު ފިޔަވަޅުތައް އަޅަން ޖެހޭނެ ކަމަށާ ލޮކްޑައުންއަކަށް ދާން ޖެހިދާނެ ކަމަށް ޝަހީދު ވިދާޅުވިއެވެ.

ޝަހީދު ވިދާޅުވީ މިހާރުގެ ހާލަތު ވަރަށް ގޯސް ކަމަށާ މިދިޔަ ހަފްތާގެ ސްކޯ މިހުރީ 9 ގައި ކަމަށާ ސްކޯ 10 އަށް އަރައިފިނަމަ ފިޔަވަޅުތައް އިތުރަށް ހަރުކަށި ކުރަން ޖެހޭނެ ކަމަށެވެ.

އެޗްޕީއޭއިން މިހާރު އަޅަފައިވާ ފިޔަވަޅުތަކަށް ފުރިހަމައަށް އާންމުރައްޔިތުން ކިޔަމަންވުމަކީ ވަރަށް މުހިންމު ކަމެއްކަމަށްވެސް ޝަހީދު ވިދާޅުވިއެވެ.

އެގޮތުން ކާފިއު ގަޑީގައި މަގުމައްޗަށް ނުކުމެ ނޫޅުމާ މާސްކު އަޅައިގެން ބޭރަށް ނުކުތުމަށާ އެޗްޕީއޭއިން އަންގާފައިވާ އިރުޝަދުތަކަށް ބޯލަންބަން ޖެހޭނެ ކަމަށްވެސް ޝަހީދު ވިދާޅުވިއެވެ.

ހަލުވިކަމާޢި އެކު ކޮވިޑް19 ރާއްޖޭގައި ފެތުރެމުން ދާއިރު މީހުންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށްވެސް ބަދަލުތައް ގެންނަންޖެހޭ ކަމަށެވެ.

ރާއްޖޭގައި ހަލުވިކަމާއިއެކު ކޮވިޑް19 ފެތުރެމުން އަންނައިރު ކޮންމެ ދުވަހަކުވެސް ގިނަ އަދަދެއްގެ ބަޔަކު އަންނަނީ ބައްޔަށް ޕޮޒިޓިވް ވަމުންނެވެ. ޕޮޒިޓިވްވާ މީހުންގެ ތެރޭގައި ގިނަ އަދަދެއްގެ ދިވެހިންވެސް ހިމެނެއެވެ.

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް