ބީބީސީން ބުނި ގޮތުގައި އަންގާރަ ދުވަހު މެސީ ވަނީ އޭނާގެ ކޮންޓްރެކްޓްގެ ފްރީ ޓްރާންސްފާ މާއްދާއަށް އަމަލުކުރަން ބޭނުންވާކަން ކްލަބަށް އަންގާފަ އެވެ. އެ މާއްދާގައި އޮންނަ ގޮތުން ފްރީ ޓްރާންސްފާ އެއްގައި ބާސާ ދޫކޮށްލުމަށް މެސީއަށް އޮތް މުއްދަތު ހަމަވެއްޖެ އެވެ. އެހެންކަމުން މި ކަމުގައި ބާސާއާ މެސީއާ ދެމެދު ގާނޫނީ މައްސަލަތަކެއް އުފެދިގެންދާނެ ކަމަށް ބެލެވެއެވެ.
އާޖެންޓީނާގެ، މެސީއަކީ 2004 ވަނަ އަހަރުން ފެށިގެން ބާސާއަށް ކުޅެމުން އަންނަ ކުޅުންތެރިއެކެވެ. ވޭތުވެ ދިޔަ ސީޒަންތަކުގައި އޭނާވެފައި ވަނީ ބާސާގެ އެންމެ މުހިއްމު ކުޅުންތެރިޔާއަށެވެ. އޭނާވަނީ ބާސާއާއި އެކު ހަތަރު ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފެއެވެ.