އެ މައްސަލަ މަޖިލީހަށް ހުށަހަޅުއްވާފައި ވަނީ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރެވެ. އެ މައްސަލާގައި ބުނެފައި ވަނީ ކޮވިޑުގެ ސަބަބުން ވަޒީފާ ގެއްލި، އާމްދަނީއެއް ނުލިބުމުގެ ސަބަބުން ދިރިއުޅުމުގެ ހާލަތު ވެއްޓިފައިވާ ކަމަށެވެ.
އެ މައްސަލާގައި ހުށަހަޅާފައި ވަނީ މި ބަލިމަޑުކަން ކޮންޓްރޯލް ކުރެވުމާ ހަމައަށް ކާޑުގެ ބާވަތްތައް ހިލޭ ރައްޔިތުންނަށް ފޯރުކޮށްދިނުމަށެވެ.
އެގޮތުން ދައުލަތުގެ ވަފީޒާގައި އުޅޭ މީހުންނާއި ދައުލަތުން އިނާޔަތް ލިބޭ މީހުން ފިޔަވައި އެހެން ހުރިހާ ދިވެހިންނަށް ހަނޑޫ، ހަކުރު އަދި ފުށް ހިިލޭ ސަރުކާރުން ފޯރުކޮށްދިނުމަށް އާދަމް ޝަރީފް ވަނީ ގޮވާލައްވާފަ އެވެ.
އެ މައްސަލަ ބަލައިގަންނަން ފެންނަ ކަމަށް ހަތް މެމްބަރުން ވޯޓު ދެއްވިއިރު، ނުފެންނަ ކަމަށް 24 މެމްބަރުން ވޯޓު ދެއްވި އެވެ.