ads
ދިވެހިރާއްޖޭގެ ގާނޫނީ ވަކީލު ކަމުގެ ހުވާ ކުރުމަށް ބޭނުންފުޅުވާ ފަރާތްތަކަށް ބާ ކައުންސިލުން އިންތިޒާމުކޮށް ބާއްވާ ދިވެހިބަހުގެ ތަމްރީން ޕްރޮގްރާމް———
ވަކީލުކަމުގެ ހުވާ ކުރުމަށް ބޭނުންވާ ފަރާތްތަކަށް ތަމްރީން ކޯހެއް
‏ދިވެހިރާއްޖޭގެ ގާނޫނީ ވަކީލު ކަމުގެ ހުވާ ކުރުމަށް ބޭނުންވާ ފަރާތްތަކަށް ބާ ކައުންސިލުން އިންތިޒާމުކޮށް ބާއްވާ ދިވެހިބަހުގެ ތަމްރީން ޕްރޮގްރާމެއް ފަށައިފި އެވެ.

ދިވެހިބަހުގެ އެކަޑަމީން ބުނީ މި ތަމްރީން ޕްރޮގުރާމަކީ ދިވެހިރާއްޖޭގެ ގާނޫނީ ވަކީލު ކަމުގެ ހުވާ ކުރުމަށް ބޭނުންވާ ފަރާތްތަކަށް ހާއްސަކޮށްގެން ބާކައުންސިލާއި ދިވެހި ބަހުގެ އެކަޑަމީ ގުޅިގެން ކުރިއަށް ގެންދާ ޕްރޮގުރާމެއް ކަމަށެވެ

މި ޕްރޮގުރާމް ކުރިއަށް ދާނީ ޒޫމް މެދުވެރިކޮށް އޮންލައިން ކޮށް ކަމަށްވެސް އެއެކަޑަމީން ބުނެފައިވެއެވެ.

އެކަޑަމީން ބުނީ މިއަދު ފެށި އެ ޕްރޮގްރާމުގައި ކިޔަވައިދެއްވާފައި ވަނީ ދިވެހިބަހުގެ އެކެޑަމީގެ ރައީސް އަޝްރަފް އަލީ ކަމަށެވެ.

މި ޕްރޮގްރާމުގައި 335 ބައިވެރީން ތަމްރީންކުރުމަށް ހަމަޖެހިފައިވާ ކަމަށް ދިވެހި ބަހުގެ އެކަޑަމީން މައުލޫމާތު ދެއެވެ. 

މީގެ އިތުރުންވެސް ދިވެހި ބަހުގެ އެކަޑަމީން މިފަދަ ގިނަ ކޯސްތަކެއް ހިންގަމުންދެއެވެ. އެގޮތުން ވަރަށް ފަހުން ރ. އަތޮޅުގެ ސަރުކާރު މުވައްޒަފުންނަށް ހިންގި ދިވެހިބަސް ހެޔޮ ގޮތުގައި ބޭނުންކުރަން ދަސްކޮށްދޭ އޮންލައިން "އޮފީސް ދިވެހި" ކޯހެއްވެސް ކުރިއަށް ގެންގޮސްފައި ވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް