މަޖީދިއްޔާގެ ޕްރިންސިޕަލް އާއިޝަތު މުހައްމަދު ސޯލިހު ވިދާޅުވީ އެ މީހާއަކީ އެ ސްކޫލުގައި މަސައްކަތް ކުރާ މީހެއް ކަމަށާއި މިވަގުތު އެކަހެރިވެގެން ހުރީ ބަންގަލަދޭސްގައި އުޅުމަށް ފަހު އަނބުރާ އައުމުން ކަމަށެވެ.
އެގޮތުން ސްކޫލުގައި އެމީހާ އުޅެމުން އަންނަނީ ހަތަރު ވަނަ ފްލޯގައި ވަކިން ކަމަށާއި އިތުރު އެހެން މީހަކާއި ބައްދަލުނުވާނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް ވެސް ޕްރިންސްޕަލް ވިދާޅުވި އެވެ.
ޕްރިންސިޕަލް ވިދާޅުވީ އެ މީހާގެ އިތުރުން ވެސް އެހެން ބިދޭސީއަކު އެ ސްކޫލުގައި މަސައްކަތް ކުރާ ކަމަށާއި އެކަމަކު އެމީހާ އުޅެނީ ވަކިން ކަމަށެވެ. އަދި އައިސޮލޭޓްކޮށްފައި ހުރި މީހާ ރާއްޖެ އައިއިރު ވެސް ހޯމް ކަރަންޓީނުގައި ހުންނާނެ ތަނެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ މަޖީދިއްޔާ ސްކޫލު ނަމަވެސް އެގޮތަށް އެކަން ނުުރެވޭނެ ކަމަށް އެޗްޕީއޭ އިން ނުބުނާ ކަމަށް ޕްރިންސިޕަލް ވިދާޅުވި އެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި ސްކޫލުގައި އައިސޮލޭޓު ކޮށްފައިވާ ބިދޭސީ މަސައްކަތު މީހާ އަކީ ބަނގުލަދޭޝް މީހެކެވެ. މީނާ އަހަރީ ޗުއްޓީއަށް ގޮސްފައިވަނީ މިދިޔަ އަހަރުގެ ފަހުކޮޅުގަ އެވެ.
ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓާ ޖެރަނަލް، ތަސްލީމާ އުސްމާން ސީއެންއެމްއަށް ވިދާޅުވި ގޮތުގައި އެއްވެސް މީހަކު ސްކޫލެއްގައި ކަރަންޓީން އަދި އައިސޮލޭޓް ކުރުމުގެ ހުއްދައެއްދީފައެއް ނެތެވެ. އަދި އެ ސްކޫލުގައި މީހަކު ކަރަންޓީނުގައި ބަހައްޓާފައި ނުވާ ކަމަށް ވެސް ޕްރިންސިޕަލް މައުލޫމާތު ދެއްވާ ކަމަށް ވެސް ތަސްލީމާ ވިދާޅުވި އެވެ
ސްކޫލެއްގެ ތެރެއިން މިހާތަނަށް ކޮވިޑް-19 ފެނިފައެއް ނުވާއިރު ސްކޫލެއްގައި މީހަކު އައިސޮލޭޓް (އެކެހެރި) ވެގެން އުޅޭކަމުގެ އެއްވެސް މައުލޫމާތެއް ލިބިފައިނުވާކަމަށް އެޗްޕީއޭއިން ބުނެ އެވެ.