ads
އެއްތަކެއް--
500 އެއްހާ އެއް މަރާލި މީހަކު 30 އަހަރަށް ޖަލަށް
ގާތްގަނޑަކަށް 500 އާ ގާތް ކުރާ އަދަދަކަށް އެއްތަކެއް މަރާލި މީހަކު 30 އަހަރަށް ޖަލަށް ލުމަށް ކޮންގޯގެ ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

މޮބަންޒާ މޮބެމްބޯ ގެރާޑް ނަމަކަށް ކިޔާ އެމީހާގެ މައްޗަށް ސާބިތުވެފައި ވަނީ 2008 ވަނަ އަހަރުން ފެށިގެން 500 އެއްހާ އެއް މަރާލި ކަމެވެ. 

އެގޮތުން އައިވޮރީ ޓްރެފިކިންނާއި ޖަނަވާރުން އުޅޭ ޕާކުތައް ބަލަހައްޓާ މީހުން މަރަން އުޅުންކަން ވެސް އެމީހާގެ މައްޗަށް ސާބިތުވެފައިވެ އެވެ. 

އެގައުމުގެ ވައިލްޑްލައިފް ކޮންޒަވޭޝަން ސެންޓަރުން ހޯމަ ދުވަހު ބުނި ގޮތުގައި މިމަހުގެ 19 ވަަނަ ދުވަހު، ވަނީ ތިން އަހަރު ދުވަހަށް ދެމިގެންދިޔަ އެ މައްސަލައިގައި ހުކުމް އިއްވާފަ އެވެ.  

ސެންޓްރަލް އެފްރިކާގެ ވައިލްޑްލައިފް ކޮންޒަވޭޝަން ސޮސައިޓީގެ ރީޖަނަލް ޑިރެކްޓަރު، ޑރ. އެމާ ސްޓޮކްސް ވިދާޅުވީ، ކްރިމިނަލް ކޯޓުން އިއްވި އެ ހުކުމަކީ ޖަނާވަރުން ހިމާޔަތްކުރުމަށް ކުރަމުންދާ މަސައްކަތުގައި ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށެވެ.

މީގެ ކުރިން އެގައުމުގައި އެފަދަ މައްސަލަތައް ހުށަހަޅަނީ ސިވިލް ކޯޓަށެވެ. އަދި އެފަދަ ކުށްކުރާ މީހުންނަށް އަދަބެއްގެ ގޮތުގައި އެންމެ ބޮޑުވެގެން ވެސް އަންނަނީ ފަސް އަހަރުގެ ޖަލު ހުކުމެކެވެ.

ޑރ. އެމާ އިތުރަށް ވިދާޅުވި ގޮތުގައި އެފަދަ އަދަބެއް ދިނުމުން އެނގިގެންދަނީ ޖަނާވަރުންނަށް ކުރާ އަނިޔާއަކީ ކުޑަ ކަމެއްގެ ގޮތުގައި ބަލަން ނުތިބޭނެ ކަމެވެ. އެހެންކަމުން، ދެން އެފަދަ ކުށްތަކަށް މީހުން އަރައިގަތުމުގެ ކުރިން އިތުރަށް ވިސްނާނެ ކަަމަށެެވެ.

ގެރާޑް އާއި އޭނާގެ ގްރޫޕުގައި ތިން މީހަކު ހިމެނޭއިރު އެމީހުން އަތުލައިގަތީ 2018 ވަަނަ އަހަރު ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގެ ތެރެއިންނެވެ. އެގޮތުން އެގައުމުގެ ނޭޝަނަލް ޕާކެއްގައި 11 އެތެއް މަރާލި މައްސަލައަކާއި ގުޅިގެން ހައްޔަރުކުރިއިރު އެތަނުން ވެސް އޭނާ ފިލި އެވެ.

އެކަމަކު އޭނާއާއެކު އެކަމުގައި ބައިވެރިވި ތިން މީހުން ވެސް ވަނީ އޭނާއާ ދެކޮޅަށް ހެކި ބަސްދީފަ އެވެ. ގެރާޑް، 2018 ވަނަ އަހަރުގެ މެއި މަހުގައި އަލުން ހައްޔަރުކުރި ނަމަވެސް ޖޫން މަހުގައި އޭނާ ވަނީ ޖަލުން ފިލާފަ އެވެ. އެއީ އަޑުއެހުންތައް ފަށަން ދެ ވަރަކަށް ހަފުތާއަށް ވެފައިވަނިކޮށެވެ.

އެކަމަކު އޭގެ ފަހުން އަލުން އޭނާ ހޯދާއި، ހައްޔަރަށް ގެނެސްފައި ވަނީ މިދިޔަ އަހަރުގެ ޖުލައި 20 ގަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް