ads
ކަންގަނާ--
ކަންގަނާއަށް ސެކިއުރިޓީ ދިނުމަށް ސުޝާންތުގެ ދައްތަ ގޮވާލައިފި
ސުޝާންތުގެ ސިންގް ރާޖްޕުތުގެ މަރުގެ ތަހުގީގުގައި އެކްޓްރެސް ކަންގަނާ ރަނޯޓްގެ އެހީ ހޯދާ، އޭނާއަށް ސެކިއުރިޓީ ދިނުމަށް ސުޝާންތުގެ ދައްތަ ޝްވެތާ ސިންގް ކިރްތީ ގޮވާލައިފި އެވެ.

ސުޝާންތުގެ މަރުގައި މަސްތުވާތަކެއްޗާ ގުޅުން ހުރި ކަންތައްތަކެއް ހުރި ކަމަށް ބެލެވޭތީ، އެކަމުގެ ތަހުގީގު އޭނާގެ ލޯބިވެރިޔާ ރިއާއާ ދެކޮޅަށް ނާކޮޓިކްސް ބިޔުރޯއިން ވަނީ ފަށާފަ އެވެ. 

އެކަން ހާމަވެފައި ވަނީ މަސްތުވާތަކެތި ހޯދުމަށް ރިއާ ވަޓްސްއެޕް މެދުވެރިކޮށް ފޮނުވާފައި ހުރި މެސެޖުތަކެއް ތަހުގީގީ ޓީމުތަކަށް ލިބުމުންނެވެ. 

އެކަމާ ގުޅިގެން އެކްޓްރެސް ކަންގަނާ ބުނީ އޭނާއަށް ބޮލީވުޑުގައި މަސްތުވާތަކެތީގެ ކަންކަން އޮންނަ ގޮތް ވަރަށް ރަނގަޅަށް އެނގޭ ކަމަށާއި، އެކަމުގައި ތަހުގީގަށް އެހީވެވިދާނެ ކަމަށެވެ. 

އެއާއެކު ޝްވެތާ ވަނީ ތަހުގީގަށް ކަންގަނާގެ އެހީ ހޯދުމަށާއި، އޭނާއަށް ސެކިއުރިޓީ ދިނުމަށް ގޮވާލާފަ އެވެ. އަދި ސުޝާންތުގެ މަރުގައި ބައިވެރިވި އެންމެން ހައްޔަރު ކުރުމަށް ވެސް ގޮވާލި އެވެ. 

މަސްތުވާތަކެތީގެ މައްސަލަ ފެންމަތިވުމުގެ އިތުރުން، ސުޝާންތުގެ ގެއިން ޖޫން 8 ވަނަ ދުވަހު ނިކުމެގެން ދިއުމުގެ ކުރިން ރިއާ ވަނީ އަށް ހާޑް ޑްރައިވް ހަލާކުކޮށްފައި ކަމަށް ސުޝާންތުގެ އެކުވެރި ސިދާތް ޕިތާނީ ތަހުގީގަށް ބުނެފައިވާ ކަމަށް ވެސް ރިޕޯޓުތަކުގައި ވެއެވެ.

ސުޝާންތު އަމިއްލައަށް މަރުވެފައި ހުއްޓާ ފެނުނީ އޭނާ މުމްބާއީގައި ދިރިއުޅޭ އެޕާޓްމަންޓުން ޖޫން 14 ގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް