ads
ޣައްސާން މައުމޫން--
ޣައްސާން ކޮވިޑަށް ނެގެޓިވް
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ހަގު ދަރިކަލުން، ޣައްސާން މައުމޫން، ކޮވިޑް-19 އަށް ނެގެޓިވްވެއްޖެ އެވެ.

މިދިޔަ އަންގާރަ ދުވަހު ރައީސް މައުމޫން ކޮވިޑް-19 އަށް ޕޮޒިޓިވްވެ، ދަރުމަވަންތަ ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާދޭން ފެށިއިރު އެމަނިކުފާނުގެ ދަރިކަލުން ޣައްސާން ވެސް މިވަނީ ކޮވިޑަށް ޓެސްޓްކޮށްފަ އެވެ. 

ޓްވީޓާ މެދުވެރިކޮށް ޣައްސާން ކުރި ޓްވީޓެއްގައި ވަނީ އޭނާ ބައްޔަށް ނެގެޓިވްވެފައިވާކަމަށް ވިދާޅުވެފަ އެވެ. އަދި ބައްޕަ އާއި ކޮވިޑަށް ޕޮޒިޓިވްވެފައިވާ އެންމެނަށް އަވަސް ޝިފާއަކަށް އެދޭ ކަމަށް ޣައްސާން ވިދާޅުވެ އެވެ.

ޣައްސާން ވަނީ ދިވެހި ޑޮކްޓަރުންނާއި ނަރުހުން ކުރަމުންދާ ބުރަ މަސައްކަތް ފާހަގަކޮށް ޝުކުރު ވެސް އަދާކުރައްވާފަ އެވެ.

ރައީސް މައުމޫނަށް ކޮވިޑް ޖެހިގެން ފަރުވާދެމުން އަންނައިރު އެމަނިކުފާނުގެ އުމުރުފުޅުން 80 އަހަރަށް ވުރެ ދުވަސްވެފައިވާތީ ހިމެނިވަޑައިގަންނަވަނީ ހައި ރިސްކް ކެޓަގަރީގަ އެވެ. އެކަމަކު އާއިލާއިން ވަނީ ރައީސް މައުމޫންގެ ހާލު ރަނގަޅު ކަމަށް ބުނެފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް