ads
ރިއާ އާއި ސުޝާންތު އަދި އޭނާގެ ބައްޕަ--
ސުޝާންތަކީ އޭނާގެ އާއިލާއާ ގާތް މީހެއް ނޫން: ރިއާ
ބަތަލާ ރިއާ ޗަކްރަބޯޓީ މިވަނީ އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު ސުޝާންތު ސިންގް ރާޖުޕުތު އޭނާގެ އާއިލާއާ ދުރުކުރި ކަމަށް ދެކެވޭ ވާހަކަތައް ދޮގުކޮށްފަ އެވެ.

ރިއާ "އާޖް ތަކް" އަށް ދިން އިންޓަވިއުއެއްގައި ބުނީ އޭނާ ސުޝާންތުގެ ގެއިން ނިކުމެގެން އައިއިރު ޖޫން މަހުގެ އަށަކުން 13 އަށް ސުޝާންތު އުޅުނީ ސުޝާންތުގެ ދައްތަ، މީތޫއާއެކު ކަމަށެވެ.

އަދި ފެބްރުއަރީ މަހު ސުޝާންތު ވަނީ ދައްތަ އާއި ދައްތަގެ ފިރިމީހާއާއެކު ކާން ވެސް ދިޔަކަމަށް ރިއާ ބުންޏެވެ. އަދި ޖެނުއަރީ މަހު ތެރޭގައި ދައްތައާ ދިމާކުރުމަށް ސުޝާންތުގެ އާއިލާ އުޅޭ ސަރަހައްދުކަމަށްވާ ޗަންދީގަރަށް ވެސް ދިޔަ ކަމަށާއި އެކަމަކު ދެ ދުވަސް ފަހުން އަނބުރާ މުމްބާއީއަށް ސުޝާންތު އައި ކަމަށް ރިއާ ބުންޏެވެ. 

ރިއާ ވަނީ އެގޮތަށް އެހާ އަވަހަށް އަނބުރާ އައީ ސުޝާންތަށް އެމީހުން (އާއިލާ މީހުން) އެހާ ކަމުނުދާތީ ކަމަށް ބުނެފަ އެވެ. އަދި އޭނާއަށް ވެސް ސުޝާންތު އަނބުރާ އަންނަކަން ނޭނގޭ ކަމަށް ވަނީ ބުނެފަ އެވެ. 

އޭގެ އިތުރުން ވެސް ރިއާ ވަނީ ސުޝާންތުގެ ދައްތަ ޕްރިޔަންކާއަށް ވެސް ވަރަށް ފާޑުކިޔާފަ އެވެ.

ރިއާ ބުނާ ގޮތުންނަމަ ސުޝާންތު އޭނާގެ އާއިލާގެ މީހުންނާއި ބައްދަލުވާ ކޮންމެ ފަހަރަކު ވެސް ކުރިއަށްދާނީ ކޮންމެވެސް ޒުވާބެކެވެ. އަދި އެހާ އަވަހައަށް އެމީހުން އަނބުރާ ދާނެ އެވެ. އަދި ސުޝާންތަށް ނަފްސާނީ ގޮތުން ވަރަށް އަވަހަށް އަސަރުކުރާތީ އެކަމުގައި ވެސް އެމީހުންގެ އެހީތެރިކަން ބޭނުންވާ ކަމަށް ބުނި ކަމަށް ރިއާ ބުނެ އެވެ.

ރިއާ ބުނީ ސުޝާންތު ވަނީ ރޮއެފައި އޭނާގެ ކައިރިއަށް އައުމަށް އެމީހުންންނަށް ގުޅާފައި ކަމަށާއި އެކަމަކު އެމީހުން އަންނަ ގޮތަށް ވަރަށް އަވަހަށްދާ ކަމަށް ވެސް ބުނެފަ އެވެ.

އަދި ރިއާ ވަނީ ސުޝާންތު އާއި އޭނާގެ ބައްޕަގެ ގުޅުން ވެސް އެހާ ރަނގަޅު ނޫން ކަމަށާއި ބައްޕައާ ބައްދަލުނުވާތާ ފަސް އަހަރުވެފައިވާ ކަމަށް ވެސް ބުނެފަ އެވެެ.

ރިއާ ބުނާ ގޮތުން ނަމަ ސުޝާންތުގެ މަންމަ ވެސް ވަނީ ޑިޕްރެޝަނުގައި އުޅެފަ އެވެ. އަދި އޭނާ އެންމެ ގާތީ ވެސް މަންމައާ އެވެ. އަދި ސުޝާންތުގެ މަންމަ މަރުވީ ވެސް ޑިޕްރެޝަންގައި ކަމަށް ރިއާ ބުންޏެވެ.

ސުޝާންތު މަރުވީ ޖޫން މަހުގެ 14 ވަނަ ދުވަހެވެ. އެ މައްސަލަ މިހާރު ތަހުގީގުކުރަމުންދާއިރު ގިނަ ބަޔަކު ރިއާއަށް ތުހުމަތައް ކުރެ އެވެ. 

ޕަތްނާގައި ދިރިއުޅޭ ސުޝާންތުގެ އާއިލާ އިން ތުހުމަތު ކުރަނީ، އޭނާ އަމިއްލައަށް މަރުވީ ރިއާ އޭނާއަށް ފައިސާގެ ގޮތުން ހިޔާނާތްތެރިވުމާއި ނަފްސާނީ ގޮތުން ވެސް ތަފާތު ދުއްތުރާތައް ކުރުމުން ކަމަށެވެ. މިއީ ސުޝާންތުގެ މަރުގެ މައްސަލާގައި އޭނާގެ ބައްޕަ ފުލުހަށް މައްސަލައެއް ހުށަހެޅި ފުރަތަމަ ފަހަރެވެ. 

ސުޝާންތުގެ ބައްޕަ ވަނީ ސުޝާންތު، އޭނާގެ އާއިލާ މީހުންނާއި އޮންނަ ގުޅުން ކަނޑާލުމަށް ވެސް ރިއާ މަސައްކަތް ކުރިކަމުގެ ތުހުމަތުކޮށްފަ އެވެ. އަދި ސުޝާންތުގެ އެކައުންޓުން އެތައް ކްރޯޑު ރުޕީސްއެއް، ބިރު ދެއްކުމަށް ފަހު އަތުލިކަމަށް ވެސް ބައްޕަ ތުހުމަތު ކުރެ އެވެ.

އެ ތުހުމަތުތަކަށް ބާރު ދޭ ގޮތަށް ފަހުން ސުޝާންތުގެ ކުރީގެ ލޯބިވެރިޔާ އަންކިތާ ލޮކާންޑޭ ވެސް ވާހަކަ ދައްކާފައިވެ އެވެ. 

އެކަމަކު ރިއާ ވަނީ ވީޑިއޯއެއް މެދުވެރިކޮށް އެކަން ދޮގުކޮށްފަ އެވެ. އަދި ހަގީގަތް ހާމަވާނެ ކަމަށް އޭނާ ވެސް ވަނީ ބުނެފަ އެވެ.

މިހާރު ސުޝާންތުގެ މަރުގެ މައްސަލަ ސީބީއައި އިން ދަނީ ތަހުގީގުކުރަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް