ads
އަނުޝްކާ އާއި ވިރާޓް--
ފޭނުންނަށް ސަޕްރައިޒް ދޭން މޮޅީ އަނުޝްކާ އާއި ވިރާޓް!
ބޮލީވުޑުގެ މަޝްހޫރު ބަތަލާ އަނުޝްކާ ޝަރްމާ އާއި ވިރާޓް ކޯލީއަކީ ބޮލީވުޑުގެ އެންމެ ލޯބި އެއް ޖޯޑެވެ. 2017 ވަނަ އަހަރު އިޓަލީގައި ދެމީހުން ކައިވެނި ކުރިއިރު އެމީހުންގެ ކައިވެނީގެ ފޮޓޯތަކަށް ވެސް ބޮޑު ސަމާލުކަމެއް ލިބުނެވެ.

އިއްޔެ އަނުޝްކާ އާއި ވިރާޓް އެމީހުންގެ ކައިވެންޏަށް ފުރަތަމަ ދަރިފުޅު ލިބެން އުޅޭކަން އިއުލާންކުރުމާއެކު ގިނަ ބަޔަކު އަންނަނީ އެމީހުންނަށް މަރުހަބާ ކިޔަމުންނެވެ. 

ކޮންމެއަކަަސް އެކަން އިއުލާންކޮށްފައި މިވަނީ އަނުޝްކާގެ ބަނޑަށް ހަތަރު މަސްވި ފަހުންނެވެ. މިއޮއްހާ ދުވަހު މި ޖޯޑު އުޅުނީ މިކަން ސިއްރުކޮށްގެންނެވެ. 

މީގެ ކުރިން، 2017 ވަނަ އަހަރު ކައިވެނިކުރިއިރު ވެސް ކަންކަން ކުރީ މީޑިއާއަށް ވަރަށް ސިއްރުންނެވެ. އެ އަހަރުގެ ޑިސެމްބަރުގައި ކައިވެނިކުރިއިރު ވެސް ވަރަށް އަވަހަށް ކައިވެނިކުރާނެ ކަމުގެ އަޑުތައް އެރިއެވެ. އަދި އެކަމަށް ތައްޔާރުވާ ކަމުގެ އަޑުތައް ވެސް ގަދަވި އެވެ. 

އެކަމަކު އެ އަޑުތައް ވެސް އަރަނިކޮށް، ދެތަރިން އިޓަލީގައި ކައިވެނިކޮށް ސޯޝަލް މީޑިއާ މެދުވެރިކޮށް އެކަން އިއުލާންކުރުމާއެކު ސަޕޯޓަރުންނަށް ލިބުނީ ބޮޑު ސަޕްރައިޒެކެވެ. އަދި މިފަހަރު ވެސް މިދިނީ ހަމަ އެކަހަލަ ސަޕްރައިޒެކެވެ. ބަނޑުބޮޑު ކަމުގެ ހިންޓެއް ވެސް ނުދީ އިއުލާންކޮށްލީ އެވެ. 

މީގެ ހަފުތާއެއް ކުރިން ވެސް އަނުޝްކާ އޭނާ އިންސްޓަގްރާމަށް ފޮޓޯތަކެއް ލާފައިވެ އެވެ. އެކަމަކު އެއީ ކުރިން ނަގާފައިވާ ފޮޓޯ ޝޫޓެއްގެ ފޮޓޯތަކެއް ކަން މިހާރު މިވަނީ ހާމަވެފަ އެވެ. 

މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ އާއި ބަތަލާ އަނުޝްކާގެ ދިރިއުޅުމަށް މި ލިބުނު އުފަލުގައި ގިނަ ބަޔަކު އަންނަނީ ބައިވެރިވަމުންނެވެ. 

އިންސްޓަގްރާމު މެދުވެރިކޮށް އަނުޝްކާ ވަނީ އޭނާ ވިހާނީ އަންނަ ޖެނުއަރީގައި ކަމަށް ބުނެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް