އެންއެޗްކޭ ނިއުސް އިން ބުނީ އުމުރުން 65 އަހަރުގެ ޝިންޒޯގެ ސިއްހީ މައްސަލަތަކުގެ ސަބަބުން ސަރުކާރު ހިންގެވުމަށް ދަތިވަމުންދާ ކަމަށެވެ.
އެކަމާ ގުޅޭ ގޮތުން ޝިންޒޯ މިއަދުގެ ވަގުތެއްގައި ނިއުސް ކޮންފެރެންސެއް މެދުވެރިކޮށް ރައްޔިތުންނާ މުހާތަބު ކުރައްވާނެ ކަމަށް ވެއެވެ.
ޝިންޒޯގެ ސިއްހީ ހާލަތާ މެދު މިހާތަނަށް ރަސްމީކޮށް އެއްޗެއް ހާމަކޮށްފައެއް ނުވެ އެވެ. ނަމަވެސް ފާއިތުވި ދެ ހަފްތާގައި ގިނަ ވަގުތުތަކެއް ވަނީ ހޮސްޕިޓަލުގައި ހޭދަ ކުރައްވާފަ އެވެ.