ކަނަންޑާގެ މަޝްހޫރު އެކްޓަރު ނަވީން ކުމާރު، އާއްމު ނަމުން ނަމަ ޔަޝް އާއި އޭނާގެ ދަރިދުޅުގެ ފޮޓޯއަށް ގިނަ ބައެއްގެ ސަމާލުކަން ލިބިއްޖެއެވެ.

Advertisement
ކަނަންޑާގެ މަޝްހޫރު އެކްޓަރު ނަވީން ކުމާރު، އާއްމު ނަމުން ނަމަ ޔަޝް އާއި އޭނާގެ ދަރިފުޅުގެ ފޮޓޯއަށް ގިނަ ބައެއްގެ ސަމާލުކަން ލިބިއްޖެ އެވެ.
ދަރިފުޅަށް އަހަރެއް ވުމާ ގުޅިގެން ޔަޝް ހިއްސާކޮށްފައިވާ ފޮޓޯއިން ފެނިގެން ދަނީ ޔަޝް އޭނާގެ ދަރިފުޅު މައްޗަށް ހިއްލާލާފައި ދަރިފުޅުގެ ކޮލުގައި ބޮސްދޭ މަންޒަރެވެ. ގިނަ ބަޔަކަށް އެ ފޮޓޯ ވަނީ ކަމުގޮސްފަ އެވެ.
ޔަޝް އާއި ރާދިކާ ފުރަތަމަ ދިމާވީ ޓީވީ ޝޯ 'ނަންޑަގޮކުލް' އިންނެވެ. ދެ މީހުން ކައިވެނިކޮށްފައި ވަނީ ހަ އަހަރު ލޯބީގެ ގޮތުން އެކުގައި އުޅުމަށް ފަހު 2016 ވަނަ އަހަރެވެ.
އުމުރުން 32 އަހަރުގެ ޔަޝް އާއި 34 އަހަރުގެ ރާދިކާ އެކުގައި ހަތަރު ފިލްމެއްގައި މަސައްކަތް ކޮށްފައި ވެއެވެ. ޔަޝް ކުޅެފައިވާ ބައެއް ފިލްމުތަކުގެ ތެރޭގައި ސަންތު ސްޓްރައިޓް ފޯވާޑް، ގޫގްލީ، ރާޖާ ހުލީ އަދި މާސްޓާ ޕީސް ހިމެނެ އެވެ.