ads
ސުޝާންތާއި ރިއާ--
ސުޝާންތުގެ މަރުގެ ތަހުގީގުގައި 10 ގަޑިއިރު ވަންދެން ރިއާއާ ސުވާލުކޮށްފި
ސުޝާންތު ސިންގްގެ މަރާ ގުޅިގެން އިއްޔެ ވަނީ އޭނާގެ ލޯބިވެރިޔާ ރިއާ ޗަކްރަބޯޓީއާ ތަހުގީގީ ޓީމުތަކުން ފުރަތަމަ ފަހަރަށް ސުވާލުކޮށްފަ އެވެ.

ސެންޓްރަލް ބިޔުރޯ އޮފް އިންވެސްޓިގޭޝަން (ސީބީއައި) އިން ވަނީ ގާތްގަނޑަކަށް 10 ގަޑިއިރު ވަންދެން ރިއާ އާއި އޭނާގެ ބޭބެ ޝޯވިކްއާ ސުވާލުކޮށްފަ އެވެ. 

އެއީ އެ ދެ މީހުންނާއި ސުޝާންތާ އޮތް ގުޅުމާއި، އެމީހުން އެކުގައި ކުރި ވިޔަފާރިތަކުގެ މައުލޫމާތު ހޯދަން ކަމަށް އިންޑިއާގެ ނޫސްތަކުން ރިޕޯޓުކުރެ އެވެ. 

ސުޝާންތުގެ ރަހުމަތްތެރިޔާ ސިދާތް ޕިތާނީއާ ސުވާލުކޮށްފައި ވަނީ ވަކިންނެވެ. ސީބީއައިއިން އިއްޔެ ރިއާއަށް ގެއަށް ދެވިފައި ވަނީ ރޭގަނޑު 09:30 ގައި ކަމަށް ވެއެވެ. 

އެތަނުން ނިކުމެގެން އޭނާ ވަނީ ސަންޓަކްރޫޒް ފުލުހަށް ގޮސް، ނޫސްވެރިންގެ މައްސަލަ ޖައްސާފަ އެވެ. ރިއާ ބުނީ އޭނާ ދިރިއުޅޭ ގޭގެ ބޭރުގައި ތިބި ނޫސްވެރިން އޭނާއަށް ފުރައްސާރަ ކުރަމުންދާ ކަމަށެވެ. 

އޯގަސްޓް 20 ވަނަ ދުވަހުން ފެށިގެން މުމްބާއީގައި ސީބީއައި އިން މަސައްކަތް ކުރަމުން ދަނީ ސުޝާންތު މަރުވެގެން ދިޔަ ގޮތް ދެނެގަތުމަށެވެ. 

ސުޝާންތު ދިރިއުޅުނު ގޭގައި އުޅުނު އެހެން މީހުންނާއި ސްޓާފުންނާ ވެސް ސީބީއައި އިން ވަނީ ސުވާލުކޮށްފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް