ads
މަރުތައް ބަލާ ކޮމިޝަނުގެ ރައީސް ހުސްނުއް ސުއޫދާއި މެމްބަރު މިސްބާހު އައްބާސް-- ފޮޓޯ: ރާއްޖެ އެމްވީ
މަޒީދާއި ސާމިތުގެ މައްސަލަ ޕީޖީއަށް ފޮނުވައިފި
މަރުތައް ބަލާ ރިޔާސީ ކޮމިޝަނުން ބެލި ބޮޑެތި މަރުތަކުގެ މައްސަލައިގެ ތުހުމަތު ކުރެވޭ މުހައްމަދު މަޒީދާއި ސާމިތު މުހައްމަދުގެ މައްޗަށް ދައުވާ ކުރުމަށް އެދި ޕީޖީ އޮފީހަށް ފޮނުވައިފި އެވެ.
މަރުތައް ބަލާ ރިޔާސީ ކޮމިޝަނުން ބެލި ބޮޑެތި މަރުތަކުގެ މައްސަލައިގެ ތުހުމަތު ކުރެވޭ މުހައްމަދު މަޒީދާއި ސާމިތު މުހައްމަދުގެ މައްޗަށް ދައުވާ ކުރުމަށް އެދި ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފި އެވެ.

ޝައްކު ކުރެވޭ މަރުތަކާއި ގެއްލިފައިވާ މީހުންގެ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަނުން މިއަދު ބުނީ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް އަލީ އާއި، ނޫސްވެރިޔާ ރިލްވާން އަބްދުﷲ އަދި ބްލޮގަރު ޔާމީނު ރަޝީދު މަރާލަން ރާވައި އެކަން ކުރުވި މޭސްތިރިން ކަމަށް ތުހުމަތު ކުރެވޭ "ހަރުކަށި ފިކުރުގެ" ދެ މީހުންގެ މައްޗަށް ދައުވާ ކުރުމަށް އެދި ޕީޖީ އަށް ފޮނުވާފައިވާ ކަމަށެވެ.



ކޮމިޝަނުން ފާހަގަކުރި ހަރުކަށި ފިކުރުގެ ދެ މީހުންނަކީ މުހައްމަދު މަޒީދާއި ސާމިތު މުހައްމަދެވެ. ރިލްވާނާއި އަފްރާޝީމްގެ މަރުގެ ތަހުގީގު ރިޕޯޓުގައި ވެސް އެ ދެ މީހުންގެ ނަން ފާހަގަކޮށްފައި ވެއެވެ.

ރިޕޯޓުތަކުގައި ނަން އާއްމުކޮށްފައި ހުރި ނަމަވެސް، އެއްވެސް މީހަކު ހައްޔަރުކޮށް ފިޔަވަޅު އަޅާފައި ނުވާތީ ކޮމިޝަނަށް އެކި ފަރާތްތަކުގެ ފާޑުކިޔުން އަމާޒުވި އެވެ. އެއީ ފުރިހަމަ ނޫން ރިޕޯޓުތަކެއް ކަމަށް ބުނެ ވެސް، ބައެއް ފަރާތްތަކުން ދިޔައީ ފާޑުކިޔަމުންނެވެ.

އެކަމަކު ކޮމިޝަނުގެ ރައީސް ހުސްނުއް ސުއޫދު ކުރިން ވިދާޅުވެފައި ވަނީ މަރުތަކުގެ ފަހަތުގައި ވަނީ ކޮން ބައެއް ކަމާއި، އެ މަރުތައް ހިންގުމުގެ ބޭނުން ވެސް ރިޕޯޓުތަކުން ސާފު ވާނެ ކަމަށެވެ.

އޭގެ އިތުރުން އެއީ ހަރުކަށި ފިކުރުގެ ޖަމާއަތްތަކާއި، ޖިނާއީ ކުށް ކުރާ ގޭންގަކާ ގުޅިގެން ހިންގި މަރުތަކެއް ކަމާއި، އެ ފިކުރުތައް ހިންގުމުގައި ރާއްޖޭގައި އިސްކޮށް އުޅެނީ މަޒީދާއި ސާމިތު ކަމަށް ވެސް ރިޕޯޓުގައި ވެއެވެ.

އެ ދެ މީހުންގެ މައްޗަށް ދައުވާ ކުރުމަށް އެދި ޕީޖީއަށް ފޮނުވި ނަމަވެސް، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ކުރިން ވިދާޅުވެފައި ވަނީ ރިޕޯޓުތަކުގެ މައްޗަށް ބިނާކޮށް އެއްވެސް މީހަކާ މެދު ފިޔަވަޅު އެޅޭނެ ޖާގައެއް ނެތް ކަމަށް މަރުތައް ބަލާ ކޮމިޝަނުން ބުނެފައިވާ ކަމަށެވެ.

އެކަމާ ގުޅިގެން ސުއޫދު ވިދާޅުވީ ކޮމިޝަނުގެ ރިޕޯޓު "ފުރިހަމަ ނޫން ކަމަށް ބުނާނެ ތަނެއް ނެތް" ކަމަށެވެ. ނަމަވެސް އޭރު ރިޕޯޓާ ގުޅިގެން ފިޔަވަޅެއް އަޅާފައި ނުވަނީ ކީއްވެ ކަމެއް ސުއޫދު ވިދާޅެއް ނުވެ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް