ads
އެޗްއީއޯސީގެ އައިސޮލޭޝަން މެނޭޖަރު މުހައްމަދު ހަމްޒަތު——
1676 އަށް ގުޅައިގެން ސިއްހީ ކުއްލި ހާލަތުގެ ވާހަކަނޫން އެހެން ވާހަކަތައް ނުދެއްކުމަށް އެދެފި
އެޗްޕީއޭގެ އެމަޖެންސީ ސާވިސް ފޯރުކޮށްދޭ ނަންބަރަށް ގުޅައިގެން ސިއްހީ ކުއްލި ހާލަތުގެ ވާހަކަ ނޫން އެހެން ވާހަކަތައް ދައްކާ އެ ނަންބަރު ބިޒީކޮށްފައި ނުބެހެއްޓުމަށް ހެލްްތް އެމެޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން އެދެފި އެވެ

އެޗްއީއޯސީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްއީއޯސީގެ އައިސޮލޭޝަން މެނޭޖަރު މުހައްމަދު ހަމްޒަތު ވިދާޅުވީ އެމަޖެންސީ ސާވިސް ނަންބަރު 1676 އަކީ މާލޭގައި މިވަގުތު ޕޮޒެޓިވެފައިވާ ފަރާތްތަކުގެ ތެރެއިން އެހީތެރިކަމަށް ބޭނުންވާ ގިނަ އަދެއްގެ ފަރާތްތަކެއް ތިބުމުން އެފަދަ ފަރާތްތަކަށް ވާސިލުވުމަށާއި އެހީތެރިވެ ދިނުމުގެ ގޮތުން ގުޅުމަށް ހަމަޖައްސާފައިވާ ނަންބަރެއް ކަމަށެވެ. 

އަދި އެ ނަންބަރަށް ގުޅައިގެން ސިއްހީ ކުއްލި ހާލަތުގެ ވާހަކަނޫން އެހެން ވާހަކަތައް ދައްކާ އެ ނަންބަރު ބިޒީކޮށްފައި ނުބެހެއްޓުން އެދޭ ކަމަށެވެ. އެގޮތަށް ކަންތައް ކުރުމުން އެހީތެރިކަން އެވަގުތު އެންމެ ބޭނުންވާ މީހާއަށް ވާސިލް ނުވެވި ހިދުމަތް ފޯރުނުކޮށްނުދެވި ދިއުން އެކަށީގެންވާކަމަށް ހަމްޒަތް ވިދާޅުވި އެވެ.

އެޗްޕީއޭގެ އެނަންބަރު ކުރިއަށް ޖައްސާފައިވަނީ ވެސް މާލޭގައި އެހީތެރިކަމަށް ބޭނުންވާ ގިނައަދެއްގެ ފަރާތްތަކެއް ތިބުމުން އެފަދަ ފަރާތްތަކަށް އެހީތެރިވެ ދިނުމުގެ ގޮތުންކަން ހަމްޒަތް ފާހަގަކުރެއްވި އެވެ. 

ހަމްޒަތް ވިދާޅުވީ ހާލުބެލުން ޕޯޓަލްގެ ދަށުން މިހާރު މާލޭގައި ތިބި ޕޮޒިޓިވްވެފައިވާ ފަރާތްތަކުގެ ތެރެއިން ހުރިހާ ފަރާތަތަކަށް ގުޅާފައިވާ ކަމަަށެވެ. 

ބައްޔަށް ޕޮޒިޓިވްވެ އެއްވެސް ސަބަބަކާއި ހެދި އެފަދަ ފަރާތަތަކުގެ މޫވްމެންޓް އެޗްޕީއޭއަށް ނުބެލިވާ ފަރާތެއްވާނަމަ ނުވަތަ ހޮސްޕިޓަލަށް ނުގެންދެވިވާ ފަރާތްތަކުން އެއްވެސް ސިއްހީ ކަމެއް ދިމާވެއްޖެނަމަ 1676 ގުޅާއި އެކެއް ޖެހުމުން އެޗްޕީއޭގެ އެމެޖެންސީ މެޑިކަލް ސާވިސްއާ ވަގުތުން ވާހަކަ ދެއްކޭނެކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް