ads
ކޮމިއުނިޓީ ޝީލްޑާއި އެކު އާސެނަލް ކުޅުންތެރިން
އާސެނަލްއިން ކޮމިއުނިޓީ ޝީލްޑް ކާމިޔާބުކޮށްފި
ލިވަޕޫލްގެ މައްޗަށް ކުރި ހޯދައި އާސެނަލްއިިން، އިނގިރޭސި ފުޓްބޯޅަ ސީޒަން ހުޅުވުމުގެ ގޮތުން ކުޅޭ ކޮމިއުނިޓީ ޝީލްޑް ކާމިޔާބުކޮށްފި އެވެ.

ހޮނިހިރު ދުވަހުގެ ރޭ ކުޅުނު ކޮމިއުނިޓީ ޝީލްޑް މެޗު އާސެނަލްއިން ކާމިޔާބު ކުރީ ޕެނަލްޓީ ޖަހައިގެންނެވެ.

އިނގިރޭސި ފުޓްބޯޅަ ސީޒަން ހުޅުވާ ރަސްމީ މެޗު ކަމަށްވާ ކޮމިއުނިޓީ ޝީލްޑް، އާސެނަލް އިން ކާމިޔާބުކުރީ ޕެނަލްޓީ ޝޫޓްއައުޓްގައި އެންމެ ފަހުގެ ލީގު ޗެމްޕިއަން ލިވަޕޫލްގެ މައްޗަށް ކުރި ހޯދައިގެންނެވެ. ހޮނިހިރު ދުވަހުގެ ރޭ ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު އެކެއް އެކަކުން ދެ ޓީމް އެއްވަރުވެފައިވާތީ މެޗުގެ ނަތީޖާ ނެރެން ޖެހުނީ ޕެނަލްޓީ ޖަހައިގެންނެވެ. ޕެނަލްޓީގައި އާސެނަލުން މެޗު ކާމިޔާބު ކުރީ 5-4 އިން މޮޅުވެގެންނެވެ.

ހޮނިހިރު ދުވަހުގެ ރޭގެ މެޗުގައި އާސެނަލްއަށް ފުރަތަމަ ކުރި ލިބުނީ މެޗުގެ ވަރަށް ކުރީކޮޅު އޮބާމިޔަން ކާމިޔާބުކޮށްދިން ލަނޑުންނެވެ. މި ލަނޑު އޭނާ ޖަހާފައިވަނީ މެޗުގެ 12 ވަނަ މިނިޓްގައެވެ. މެޗުގެ ނަތީޖާ ލިވަޕޫލުން ހަމަހަމަ ކުރީ މެ 73 ވަނަ މިނެޓުގައި ޓަކޫމީ މިނަމީނޯގެ ގޯލުންނެވެ.

ފުރިހަމަ ވަގުތު ހަމަވިއިރު މެޗުގެ ނަތީޖާ އެއްވަރުވެފައިވާތީ، މޮޅުވާ ޓީމެއް ކަނޑައެޅުމަށް ޖެހި ޕެނަލްޓީތަކުގައި އާސެނަލްއިންވަނީ ހުރިހާ ޕެނަލްޓީއެއްވެސް ކާމިޔާބުކޮށްފައެވެ. ލިވަޕޫލުގެ ޕެނަލްޓީތަކުގެ ތެރެއިން ރިއާން ބްރުސްޓާގެ ޕެނަލްޓީ ކާމިޔާބު ކުރެވޭ ގޮތެއް ނުވިއެވެ.

ހޮނިހިރު ދުވަހުގެ ރޭ ލިވަޕޫލްގެ މައްޗަށް ކުރި ހޯދައި ކޮމިއުނިޓީ ޝީލްޑް ކާމިޔާބު ކުރުމާއި އެކު އާސެނަލްއަށް ސޯޅަ ވަނަ ފަހަރަށް ސީޒަން ހުޅުވާ މެޗު ކާމިޔާބު ކުރެވުނީއެވެ. ކޮމިއުނިޓީ ޝީލްޑްގެ ރިކޯޑް އޮންނަނީ 21 ފަހަރު ކާމިޔާބު ކޮށްފައިވާ މެންޗެސްޓާ ޔުނައިޓެޑް އަތުގައެވެ. 

ހޮނިހިރު ދުވަހުގެ ރޭ، އެފްއޭ ކޮމިއުނިޓީ ޝީލްޑުން އިނގިރޭސި ފުޓްބޯޅަ ސީޒަން ފެށުނު އިރު، އިނގިރޭސި ޕްރިމިއާ ލީގުގެ ކުޅުން ފެށޭނީ އަންނަ މަހުގެ 12 ވަނަ ދުވަހު އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް