އެ މައްސަލަ ބްރޯޑްކޮމް އަށް ހުށަހެޅީ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ.
އޭނާ ހުށަހެޅި މައްސަލަ އާއެކު ވަނީ ރާއްޖެ ޓީވީން ކުރި ޓްވީޓެއްގެ ސްކްރީންޝޮޓު ވެސް ބްރޯޑްކޮމަށް ހުށަހަޅާފަ އެވެ. އެ ޓްވީޓުގައި ލިޔެފައި ވަނީ "ޕީޕީއެމް/ޕީއެންސީން މުޒާހަރާ ކުރިތާ ގިނައިރުތަކެއް ނުވެ އެސްބީއައި އާއި ޖެހިގެން ހުރި އިމާރާތުގައި ރޯވުން!" މިހެންނެވެ.
ބްރޯޑްކޮމް އަށް ހުށަހެޅި ސިޓީގައި އިދިކޮޅު ކޯލިޝަނުން ބުނީ ރާއްޖެ ޓީވީން މަސައްކަތް ކޮށްފައި ވަނީ އެ އަލިފާނުގެ ހާދިސާއާ އިދިކޮޅާ ގުޅުވަން ކަމަށާއި، އެއީ ޒިންމާދާރު ނޫސްވެރިކަން ކަމަށް ގަބޫލު ނުކުރާ ކަމަށެވެ. އެކަމުގައި ރާއްޖެ ޓީވީއާ މެދު ފިޔަވަޅު އަޅައި ދިނުމަށް ސިޓީގައި އެދިފައި ވެއެވެ.