ސްކޫލުތަކުގައި ތައްޔާރުވަމުން ދަނީ ގްރޭޑް 11 ގެ އޭއެސް އިމްތިހާނާއި ގްރޭޑް 12 ގެ އޭ2 އިމްތިހާނަށެވެ.
އެ އިމްތިހާންތަކަށް ތައްޔާރުވުމަށް ސީއެޗްއެސްއީ، އަހްމަދިއްޔާ އަދި ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުގައި ކިޔެވުން ފެށީ މިދިޔަ ހަފްތާގަ އެވެ.
ކޮވިޑް-19 އާ ގުޅިގެން މާލެ ސަރަހައްދުގެ ސްކޫލުތައް ބަންދުކުރުމަށް ފަހު އަލުން ކިޔަވައިދޭން ފެށީ ޖުލައި 1 އިން ފެށިގެން ގްރޭޑް 9 އިން މަތީގެ ކުދިންނަށެވެ.
ނަމަވެސް މާލޭގައި ބަލި އިތުރުވާން ފެށުމުން މި ސަރަހައްދުގެ ސްކޫލުތައް ވަނީ ސެޕްޓެމްބަރު 3 އާ ހަމައަށް އަނެއްކާވެސް ބަންދުކޮށްފަ އެވެ. އެ މުއްދަތުގައި އޮންލައިންކޮށް ކުދިންގެ ކިޔެވުން ކުރިއަށް ދާނެ އެވެ.