ads
ރައްޔިތުންގެ މަޖިލިސް--
އެންއައިސީއަށް ކުރިމަތިލި ބޭފުޅުންނަށް އާންމުންގެ ހިޔާލު ހޯދަނީ
ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) މެމްބަރުކަމަށް ކުރިމަތި ލެއްވި ބޭފުޅުންނަށް އާންމުންގެ ހިޔާލު ހޯދުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ހުޅުވާލައިފި އެވެ.

އެންއައިސީގެ ތިން މެންބަރުން އިސްތިއުފާ ދެއްވާފައިވާތީ، ހުސްވެފައިވާ މަގާމުތަކަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން 17 ބޭފުޅެއްގެ ނަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ މިމަހުގެ 11 ވަނަ ދުވަހު މަޖިލީހަށް ފޮނުވާފަ އެވެ.

އެކަމާއި ގުޅިގެން މަޖިލީހުން ނެރުނު އިއުލާނެއްގައި ބުނީ ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ ގާނޫނުގެ 11 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ނަންތައް، 12 އޮގަސްޓް 2010 ގައި ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ 26 ވަނަ ޖަލްސާގައި އިއުލާނުކުރުމަށް ފަހު އެ މައްސަލަ ދިރާސާކޮށް ގޮތެއް ނިންމެވުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވާފައިވާ ކަމަށެވެ.

އެގޮތުން ރައީސް ފޮނުއްވި 17 ނަމަށް އާންމުންގެ ހިޔާލު ހޯދުމަށް ހުޅުވާލާފައިވާކަން އިއުލާންކޮށް މަޖިލީހުން ބުނީ އެއިން އެއްވެސް ނަމަކާއި ގުޅިގެން ޝަަކުވާއެއްވާނަމަ އަންނަ ސެޕްޓެމްބަރު މަހުގެ 14:00 ގެ ކުރިން، ޝަކުވާ ހުށަހަޅާ ފަރާތުގެ ފުރިހަމަ ނަމާއި، ދާއިމީ އެޑްރެސް އަދި ގުޅޭނެ ފޯނު ނަންބަރު އެނގޭނެ ގޮތަށް އެ ޝަކުވާއެއް ކޮމިޓީއަށް މެއިލް ކުރަން ޖެހޭނެ ކަމަށެވެ. ނުވަތަ މަޖިލީހުގެ އިދާރާއަށް ލިޔުމުން ހުށަހެޅިދާނެ ކަމަށް ވެސް ބުނެ އެވެ. 

އެންއައިސީގެ ރައީސްކަމުގައި ހުންނެވި އަހްމަދު ސުލައިމާން، ކޮމިޝަންގެ މެމްބަރު ކަމުންނާއި އަދި ކޮމިޝަންގެ ރައީސްކަމުގެ މަގާމުން މިމަހުގެ ނުވަ ވަނަ ދުވަހު ވަކިކުރެއްވުމާ ގުޅިގެން، އެ މަގާމް ވެސް ހުސްވެފައިވާތީ މެމްބަރު ކަމަށް ކުރިމަތިލުމަށް ވެސް ހުޅުވާލި އެވެ. 

ރައީސް އިބްރާހިމް މުހަންމަދު ސާލިހް، އެންއައިސީގެ މެމްބަރުކަމުންނާއި ރައީސްކަމުން އަހްމަދު ސުލައިމާން ވަކިކުރެއްވީ، އެމަގާމުތަކުން އޭނާ ވަކިކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާއަށް ލަފާދެއްވުމަށް 21 ޖުލައި 2020 ގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއިން ފާސްކުރުމާ ގުޅިގެންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް