ސުޕްރީމް ކޯޓުގެ ނިންމުމެއް އަލުން ރިވިއު ކުރުމަކީ ކުރަން ހެޔޮވާވަރުގެ ކަމެއް ނޫންކަމަށް ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު ވިދާޅުވެއްޖެ އެވެ.

Advertisement
ސުޕްރީމް ކޯޓުގެ ނިންމުމެއް އަލުން ރިވިއު ކުރުމަކީ ކުރަން ހެޔޮވާވަރުގެ ކަމެއް ނޫންކަމަށް ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު ވިދާޅުވެއްޖެ އެވެ.
މަޖިލީހުގައި ވާހަކަ ދައްކަވަމުން މޫސާ ސިރާޖް ވިދާޅުވީ، ސުޕްރީމް ކޯޓުގެ ނިންމުންތައް އެ ކޯޓުން އަލުން މުރާޖާ ކުރާކަހަލަ ވާހަކަތަކެއް ދެކެވެމުން ދާކަމަށެވެ. އަދި އެކަމަކީ ކުރަން ހެޔޮވާ ވަރުގެ ކަމެއް ނޫންކަމަށް މޫސާ ސިރާޖް ވިދާޅުވި އެވެ.
ސިރާޖް ވިދާޅުވީ އެގޮތަށް މައްސަލަތައް ރިވިއު ކުރުމުގެ ފުރުސަތު އޮންނަ ނަމަ، ސުޕްރީމް ކޯޓުގެ ނިންމުންތަކަކީ ދުވަހަކުވެސް ފަހުގެ ނިންމުމަކަށް ނުވާނެ ކަމަށެވެ.
"އަބަދުވެސް ކޮންމެވެސް ހާލަތެއް މެދުވެރިގެން ރިވިއު ކުރާހާ އަޅުގަނޑުމެނަށް ވާނީ. އަދި ހާއްސަ ކޮށް ރާއްޖެފަދަ ގަައުމެއްގަ ސުޕްރީމް ކޯޓުން ނިންމާފަ އޮތް ނިންމުމެއް އަލުން ބަލާ ރިވިއު ކޮށްފި ކަމުގައިވަނީނަމަ، އަޅުގަނޑަށް ފެންނަ ތަނުގަ ވަރަށް ނުބައި ދޮރެއް އެކަމުގަ ހުޅުވިގެން ދާނެ." މޫސާ ސިރާޖް ވިދާޅުވި އެވެ.
މޫސާ ސިރާޖް ވިދާޅުވީ، ދީބާޖާގެ މައްސަލައިގައި ދިނުމަށް ނިންމި އަދަދަކީ ރަނގަޅު އަދަދެއްކަމަށް ޤަބޫލު ނުކުރައްވާ ކަމަށެވެ. އަދި ގެއްލުމުގެ ބަދަލު ނަގާދިނުމާއި ޖުރިމަނާ ނެގޭނެ ގޮތް ޤާނޫނެއްގައި ތަފްސީލުކޮށް ބަޔާންކުރަންޖެހޭ ކަމަށް މޫސާ ސިރާޖް ވިދާޅުވި އެވެ.