ކޮވިޑް-19 އާ ގުޅިގެން ދިމާވެފައިވާ ދަތިތަކަށް އެހީތެރިވުމަށްޓަކައި މީޑިއާތަކަށް ލޯނު ދިނުމަށް ވަނީ ނިންމާފަ އެވެ.
އެގޮތުން އެސްއެމްއީ ފައިނޭންސް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އިން މީޑިއާތަކަށްދޭ ލޯނާ ގުޅޭ މައުލޫމާތު އޮޅުން ފިލުވުމަށް އެސްއެމްއީ ފައިނޭންސް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ އިސް ބޭފުޅުންނާ މޯލްޑިވްސް މީޑިއާ ކައުންސިލުން މިއަދު ވަނީ ބައްދަލުކޮށްފަ އެވެ.
މޯލްޑިވްސް މީޑިއާ ކައުންސިލުގައި ބޭއްވުނު އެ ބައްދަލުވުމުގައި އެސްޑީއެފްސީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ޒީނާދު މައުލޫމާތު ދެއްވި ގޮތުގައި މިހާތަނަށް އަށް މީޑިއާ އަކަށް ވަނީ ލޯނު ދޫކުރެވިފަ އެވެ. އަދި މީގެ ތެރޭގައި ކުދި މީޑިއާ ވެސް ހިމެނޭކަމަށާއި މިހާތަނަށް ލޯނަށް ހުށަހެޅި ހުރިހާ މީޑިއާތަކަށް ލޯނު ދޫކުރެވިފައިވާކަމަށް ޒިނާދު ވިދާޅުވިއެވެ.
ޒީނާދުގެ ވިދާޅުވީ ލޯނަށް އެދުމުގެ ފުރުސަތު އަދިވެސް ހުޅުވާލެވިފައިވާ ކަމަށާއި ލޯނަށް އެދި ހުށަހެޅުމުގައި އަމަލު ކުރަންވީ އުސޫލާއި އަދި ލޯނަށް އެދި ހުށަހަޅާ ފޯމު އެސް.ޑީ.އެފް.ސީގެ ވެބްސައިޓުން އިން ލިބެން ހުންނާނެ ކަމަށެވެ.
ކަމާބެހޭ އެންމެހާ ލިޔެކިޔުންތައް ހަމަކުރުމަށްފަހު ލޯނު ބޭނުންވާ މީޑީއާތަކުން އެސްޑީއެފްސީ އަށް ވީއެންމެ އަވަހަކަށް ހުށަހެޅުމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން އެދެއެވެ.