ads
ބަރުދަން ލުއިކުރާ ބޭސްތަކުން ލޮލުގެ ފެނުން ގެއްލޭތީ ދައުވާކޮށްފި
ސިއްހީ އިންޒާރެއް: ބަރުދަން ލުއިކުރާ ބޭސްތަކުން ލޮލުގެ ފެނުން ގެއްލޭކަމަށް ބުނެފި
އެމެރިކާގައި މަގުބޫލުކަން ހޯދަމުން އަންނަ ބަރުދަން ލުއިކުރާ ބޭސްތަކުގެ ސަބަބުން ލޮލުގެ ފެނުން އެއްކޮށް ގެއްލޭ ކަމަށް ބުނެ، އެ ބޭސްތައް އުފައްދާ ފާމަސޫޓިކަލް ކުންފުނިތަކާ ދެކޮޅަށް އެތައް ދައުވާއެއް އެމެރިކާގެ ކޯޓުތަކަށް ހުށަހަޅައިފި އެވެ.
Advertisement

މި ދައުވާތައް އަމާޒުވެފައިވަނީ އޮޒެމްޕިކް، ވެގޯވީ އަދި ޒެޕްބައުންޑް ފަދަ އާންމުންގެ މެދުގައި މަގުބޫލު ޖީއެލްޕީ-1 ގްރޫޕަށް ނިސްބަތްވާ ބަރުދަން ލުއިކޮށްދޭ ބޭސްތައް އުފައްދާ ފާމަސޫޓިކަލް ކުންފުނިތަކަށެވެ.

ކޯޓުތަކަށް ހުށަހެޅިފައިވާ ގިނަ އަދަދެއްގެ ދައުވާތަކުގައި ބުނެފައިވަނީ، މި ބޭސްތައް ބޭނުންކުރުމުގެ ސަބަބުން "އެންއޭއައިއޯއެން" ނަމަކަށް ކިޔާ ލޮލުގެ ނާރުތަކަށް ޖެހޭ ނާދިރު ބައްޔެއް މެދުވެރިވާ ކަމަށެވެ. އަދި މީގެ ސަބަބުން ކުއްލިއަކަށް އަދި ދާއިމީ ގޮތެއްގައި ލޮލުގެ ފެނުން މުޅިން ގެއްލިގެންދާ ކަމަށް މައްސަލަ ހުށަހެޅި ފަރާތްތަކުން ދައުވާތަކުގައި ތުހުމަތުކޮށްފައިވެ އެވެ.

މި މައްސަލަތަކާ ގުޅިގެން، ކަމާބެހޭ ސިއްހީ އިދާރާތަކުންނާއި ރެގިއުލޭޓަރުން ދަނީ އިތުރުވަމުންދާ ގާނޫނީ ދައުވާތަކާއި ކްލިނިކަލް ހެކިތައް ފަރުވާތެރިކަމާއެކު ދިރާސާކޮށް މުރާޖައާ ކުރަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް