ads
ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން
ވަޒީފާގައި ތިބެން ޖެހޭ ދިވެހިންގެ އަދަދު 60 އިންސައްތައަށް ހަދަން ގާނޫނަށް އިސްލާހު ހުށަހަޅުއްވައިފި
ވަޒީފާގައި ބައިތިއްބަންޖެހޭ ދިވެހިންގެ ނިސްބަތް 2 އަހަރު ދުވަހުގެތެރޭގައި 60 އިންސައްތައަށް ހަމަކުރުން ލާޒިމްކޮށް ވަޒީފާއާ ބެހޭ ގާނޫނާށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން އިސްލާހު ހުށަހަޅުއްވައިފިއެވެ.

މެމްބަރު އަލީ ހުސައިން ވިދާޅުވީ ނޯޓިިސްދީފައި ވަޒީފާއިން ވަކިކުރުން ހުއްޓުވުމަށާ، ވަޒީފާގައި ބައިތިއްބަންޖެހޭ ދިވެހިންގެ ނިސްބަތް 2 އަހަރު ދުވަހުގެތެރޭގައި 60 އިންސައްތައަށް ހަމަކުރުން ލާޒިމްކޮށް ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާޙު ހުށައަޅުއްވާފައިވާ ކަަމށެވެ.

އެއިސްލާހުގައި ވަނީ ދިވެހިރާއްޖޭގައި ވަޒީފާއަދާކުރާ މީހުންނަށް މުސާރައިގެގޮތުން އެންމެ ކުޑަމިނުން ދޭންޖެހޭނެ އުޖޫރަ، މިޤާނޫނުގައިވާ ގޮތުގެމަތިން މިނިސްޓަރު ކަނޑައަޅަންވާނެކަމަށެވެ. 

ރިސޯޓުތަކާއި ސަފާރީތަކާއި އަދި 10 މުވައްޒަފުންނަށްވުރެ ގިނައިން މަސައްކަތްކުރާ ތަންތަނުގައި މަސައްކަތްކުރާ މީހުންގެ 60 އިންސައްތަ  މީހުންނަކީ
ދިވެހިން ކަމުގައި ވާންވާނެ ކަމަށްވެސް އަލީ ހުސައިން ހުށަހެޅި އިސްލާހުގައި ވެއެވެ.

ދިވެހިރާއްޖޭގައި މަސައްކަތްކުރާ މުވައްޒަފުންނަށް މުސާރައިގެ ގޮތުން އެންމެ) 2-59 ކުޑަމިނުން ދޭންޖެހޭ އުޖޫރަ ކަނޑައެޅުމަށްޓަކައި، އެންމެ ކުޑަމިނުން ދޭންޖެހޭ އުޖޫރައިގެޢަދަދާ ގުޅޭގޮތުން މިނިސްޓަރަށް ލަފާ ދޭންވާނެއެވެ. އަދި ދެ ލަފާގައި ސިނާޢަތްތަކަށް
ވަކިވަކިން މިނިމަމް ވޭޖްކުނޑައެޅުމަށް ބޯޑަށް ފެންނަނަމަ އެކަން ތަފުޞީލުކޮށް ބަޔާ

މިޤާނުނަށް ޢަމަލުކުރަން ފަށާތާ އެންމެ ލަސްވެގެން 2 އަހަރު ދުވަހުގެ ތެރޭގައިމި އަމަލުކުރަން ވާނެ ކަމަށް އިސްލާހުގައި ބުނެފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް