
މި މަރުކަޒުގެ އަމަލީ މަސައްކަތް ރަސްމީކޮށް މިއަދު ފަށާފައިވަނީ ރައީސް ޑރ މުހައްމަދު މުއިއްޒު ހދ. އަތޮޅުގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ޒިޔާރަތުގެ ތެރެއިން އެރަށުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
ހަނިމާދޫ ފުލުހުންގެ މަރުކަޒު އިމާރާތްކުރުމުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށްޓަވައި ދެއްވީ ހޯމް މިނިސްޓަރު އަލީ އިހުސާނާއި ކޮމިޝަނަރު އޮފް ޕޮލިސް އިސްމާއިލް ނަވީނާއި އާރުޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ނަޒީމްއެވެ.
ހަނިމާދޫ ފުލުހުންގެ މަރުކަޒު އަޅަން ހަވާލުކޮށްފައިވަނީ ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ) އާ އެވެ.
ހަނިމާދޫ ފުލުހުންގެ މަރުކަޒުގެ އަމަލީ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ރައީސް ޑރ. މުއިއްޒު
ރައީސް ޑރ. މުހައްމަދު މުއިއްޒު ރަށްތަކަށް ކުރައްވަމުން އަންނަ ދަތުރުތަކުގައި ފަހަކަސް އައިސް އަންނަނީ އެރަށްރަށުގައި އަޅާ ފުލުހުންގެ މަރުކަޒުތަކުގެ މަސައްކަތް ފައްޓަވާ ދެއްވާ އޭޓީއެމްތައް ހުޅުވާދެއްވަމުންނެވެ.