މަޖިލިހަށް ސަރުކާރުން ހުށައެޅި ބައެއް ބިލްތަކަށް ވޯޓް ދިނުމަށް ބިރު ދައްކާ، ޕީއެންސީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހު ރިޝްވަރު ހުށަހެޅި ކަމަށް ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އައްބާސް ވިދާޅުވެއްޖެއެވެ.

Advertisement
އައްބާސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސަރުކާރުން ހުށައެޅި ބައެއް ބިލްތަކަށް ބަހުސް ނުކުރާން ފަލާހު ބުނެފައިވާކަމަށެވެ. އަދި ބައެއް ބިލުތަކަށް ވަކި ގޮތަކަށް ވޯޓު ލާން ބުނެ އާދޭސްކޮށްފައި އެބަހުރިކަމަށްވެސް އައްބާސް އެކްސްގައި ކުރެއްވި ޕޯސްޓްގައި ވިދާޅުވިއެވެ.
" ހަމަ އެހެންމެ ފަލާހް އެދޭގޮތަށް ވޯޓު ބަހުސްކޮށް ވޯޓު ލާފިއްޔާ އަޅުގަނޑު އެދޭގޮތައް ދާއިރާގެ ކޮންމެ ރަށަކުން 5 މީހަކަށް ވަޒީފާ ދޭންވެސް ހުށައެޅި.. ހަމަ އެހެންމެ ވަކި ގޮތަކަށް ވޯޓު ލާން ބުނެފައި ބުރަދާ އަށް ދޭން ލާރިކޮޅެއް ހުންނާނެ ކަމަށް ބުނެފައި ގެއައްގޮސް ލާރި ހިފައިގެން އަންނަންދެން މަޖުލީސް ކުޑަދަށުގައި އަޅުގަނޑު މަޑުކޮށްލަން ބުނެފައި ފަލާހް ގެއައް ދިޔަ..އެހެން ބުނެފައި ފަލާހް ދިޔާމައި ފަލާހް އަންނަދެން އަޅުގަނޑު މަޑުނުކޮށް ގެއައް އައީ." ފަލާހުގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވާ އައްބާސް އެކްސްގައި ކުރެއްވި ޕޯސްޓުގައިވެއެވެ.
މީގެ އިތުރުން ބިލަކަށް ސަރުކާރާ ދެކޮޅަށް ވޯޓު ނުލާނަމަ ވޯޓުގައި ބައިވެރި ނުވުމަށް އެކި ދުވަސް މަތިން ފަލާހް އެދިފައިވާކަމަށް އައްބާސް ވަނީ ވިދާޅުވެފައެވެ. އަދި ސަރުކާރުން އެދޭގޮތަށް ވޯޓްލާން އަންގާ ބިރު ދައްކާފައި ހުރިކަމަށްވެސް އައްބާސް ވިދާޅުވިއެވެ.
" ސަރުކާރާ ދެކޮޅަށް ވޯޓު ނުލާފިއްޔާ ވަރަށް ގޯސްވާނެ ކަމަށްބުނެ އަޅުގަނޑަށް ފަލާހް ބިރުދައްކާފައިވެސް އެބަހުރި." އައްބާސްގެ ޕޯސްޓުގައިވެއެވެ.
ޕީއެންސީގެ މެންބަރުންނާއި މެދު ތަފާތުކޮށް ކަންކަންކޮށް އެ މެމްބަރުންނަށްވެސް ރިޝްވަތު ދޭކަމަށް ޕީއެންސީ މެމްބަރުން ބުނާކަމަށްވެސް އައްބާސް ވަނީ ވިދާޅުވެފައެވެ. އަދި މެމްބަރުން ރައީސް މުއިއްޒާއި ބައްދަލުކުރަން އެދުމުން އެކަން ފަލާހު ކޮށް ނުދެއްވާކަމަށް ޕީއެންސީ މެމްބަރުން ބުނާކަމަށްވެސް އައްބާސް ވަނީ ވިދާޅުވެފައެވެ.
" މެމްބަރުންނަށް ފަލާހް ގިނައިން ލާރި ދީފައި ބައެއް މެމްބަރުންނަށް 5000 ނުވަތަ 10000 ރުފިޔާ ދެމުންދާ ވާހަކަވެސް ވަރަށް އަސަރާ އެކު ކިޔާދެމުންދަނީ. މަޖުލީސް ކެމްޕެއިން ގެ ދަރަނިތައް ނުނިމޭ ވާހަކައާ މެމްބަރުން އާ ރައީސް ޑރ.މުއިއްޒު ބައްދަލުކޮށް ޕީއެންސީ ގެ މެމްބަރުންގެ ދަރަނިތަށް ދައްކާދޭނޭ ކަމަށް ބުނެ ދަރަނީގެ އަދަދު ތަށް ނޯޓު ކުރެއްވި ކަމާއި އޭގެފަހުން އެކަމާ އަޅާ ނުލާކަމަށް ޕީއެންސީގެ ގިނަ މެންބަރުން ތަކެއް ހިތްހަމަ ނުޖެހިގެން އަޅުގަނޑާ ހިއްސާ ކުރި." އައްބާސް އެކްސްގައި ކުރެއްވި ޕޯސްޓުގައިވެއެވެ.
އައްބާސްގެ މި ވާހަކަތައް ދައްކަވާފައި މިވަނީ މަޖިލީހުގައި މިހާރު އޮތް މީޑިއާ ކޮންޓްރޯލް ކުރާ ބިލަށް ވޯޓް ހޯދަން މެމްބަރުންނަށް ފަލާހް ފައިސާ ދެއްވާކަމަށް ތުހުމަތުކޮށް މީޑިއާއިން ރިޕޯޓް ކުރި ހަބަރަކާއި ގުޅިގެންނެވެ.